ENGLISH

21 ނޮވެމްބަރު 2025

Advertisement

ރައީސް އޮފީހުގެ މިނިސްޓަރު ޢަބްދުﷲ ނާޞިރުގެ މަންމާފުޅު އަވަހާރަވުމުން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

21 ނޮވެމްބަރު 2025

|

އަޙުމަދު ޙަމީދު

މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް، ޢަބްދުﷲ ނާޞިރުގެ ލޮބުވެތި މަންމާފުޅު، ޝަރީފާ މުޙައްމަދު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ. އަދި އެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި، ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ދުޢާކުރެއްވި އެވެ.

‏މަރްޙޫމާ ޝަރީފާ މުޙައްމަދު މާތްﷲގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލެއްވުން އެދި ވަނީ ދުޢާ ކުރައްވާފަ އެވެ.

މަރްހޫމާ ޝަރީފާ މުހައްމަދަކީ މޯލްޑިވްސް ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ނާޒިމް އާއި މަޝްހޫރު ޤާރީ އަބްދުއްސައްތާރު އަބޫބަކުރުގެ މަންމާފުޅު ވެސް މެ އެވެ. 

ކިޔުންތެރިންގެ ހިޔާލު