ENGLISH

21 ނޮވެމްބަރު 2025

Advertisement

ފެރިދޫ ފުލުހުންގެ އިދާރާގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

21 ނޮވެމްބަރު 2025

|

އާމިނަތު ނުޒްލާ

އއ. ފެރިދޫގެ ފުލުހުންގެ އިދާރާގެ މަސައްކަތް ކުރިއަށްދަނީ. --ފޮޓޯ:އެމްޓީސީސީ

އއ. ފެރިދޫގައި ގާއިމްކުރާ ފުލުހުންގެ އިދާރާގައި މިހާރު ކުރިއަށްދަނީ، ބައުންޑަރީ ވޯލް، ގްރައުންޑް ބީމް، ލީން ކޮންކްރީޓް، ރެއިންފޯސްމަންޓް، ޝަޓަރިން މަސައްކަތާއި ސޯކް ޕިޓްގެ ޕްރީ ކާސްޓިން މަސައްކަތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

ފެރިދޫގައި ފުލުހުންގެ އިދާރާގެ ބިންގާ އަޅާފައި ވަނީ، ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އއ. އަތޮޅަށް މި އަހަރު އޮގަސްޓް މަހު ކުރެއްވި ދަތުރުފުޅުގައެވެ.

މި ރަސްމިއްޔާތުގައި ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާނާއި، ފޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީންގެ އިތުރުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީ އެވެ. 

މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފުޅާ ކުރެއްވުމަށް ރައީސުލްޖުމާހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުން ޤާއިމުވެ ތިބެ ޚިދުމަތް ދޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅު ވަނީ ފުރިހަމަ ކުރައްވައިފަ އެވެ. އެ ތާރީޚުގެ ދެ މަސް ދުވަސް ކުރީން އެ ވަޢުދުފުޅު ވަނީ ފުރިހަމަވެގެން ގޮސްފަ އެވެ. 

މި ސަރުކާރު ވެރިކަމަށް އައިއިރު ފުލުހުންގެ ޚިދުމަތް އެއްވެސް މިންވަރަކަށް ޤާއިމުވެފައި ނެތް 66 ރަށް އޮތެވެ. އަދި ބައެއް ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ދެމުން އައީ އަމިއްލަ މީސް މީހުންގެ އިމާރާތްތައް ކުއްޔަށް ނަގައިގެންނެވެ. 

ކިޔުންތެރިންގެ ހިޔާލު