ENGLISH

11 އޭޕްރީލު 2025

Advertisement

ޕްރިމިއާ ލީގުގެ ރޭހުގައި ޗެލްސީ ނުހިމެނޭ: މަރެސްކާ

30 ނޮވެމްބަރު 2024

|

އާމިނަތު މައިހާ

އިނގިރޭސި ޕްރިމިއާ ލީގުގެ ރޭހުގައި ޗެލްސީ ނުހިމެނޭ ކަމަށް އެ ޓީމުގެ ކޯޗު، އެންޒޯ މަރެސްކާ ބުނެފިއެވެ.

ޗެލްސީގެ ކޯޗު، މަރެސްކާ މިހެން ބުނެފައި ވަނީ އެސްޓަން ވިލާއާ ދެކޮޅަށް އާދިއްތަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ.

މިދިޔަ ޖޫން މަހުގެ ތެރޭގައި ޗެލްސީގެ ކޯޗުގެ މަގާމާ ހަވާލުވި މަރެސްކާ ބުނީ، އޭނާގެ ޒުވާން ޓީމުން ލީގު ތައްޓަށް ވާދަކުރާ ޓީމެއްގެ ގޮތުގައި ލޭބަލްކުރަން އަދި މާ އަވަސް ކަމަށެވެ.

"ނޫން، މީގެކުރީން ވެސް އަހަރެން ބުނެފައިވާނީ. ޕްރެޝަރުގައި ކުޅެން އަހަރެން ވަރަށް ޝައުގުވެރިވޭ." މަރެސްކާ ބުންޏެވެ. "އެކަމަކު، ލީގު ތަށްޓަށް ވާދަކުރާ ޓީމެއްގެ ގޮތުގައި އަހަރެމެން އަދި ނުހިމެނޭ." 

ޗެލްސީ ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ބަލިނުވެ ފުރިހަމަކޮށްފައެވެ. އޭގެތެރޭގައި މިދިޔަ ހަފްތާގައި މަރެސްކާގެ ކުރީގެ ޓީމު ކަމަށްވާ، ލެސްޓާ ސިޓީ އަތުން 2-1 އިން މޮޅުވި މެޗު ހިމެނެއެވެ.

މިފަހަރުގެ ސީޒަނުގެ ލީގުގައި މިހާތަނަށް ކުޅުނު މެޗުތަކަށް ފަހު ޗެލްސީ ހަތަރު ވަނައިގައި އޮތީ 12 މެޗުން 22 ޕޮއިންޓް ހޯދައިގެންނެވެ. އެ ޓީމާއި ތާވަލްގެ އެއްވަނައިގައި އުޅޭ ލިވަޕޫލާ ދެމެދު ނުވަ ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.

ޗެލްސީ ދެން ކުޅޭ މެޗުގައި މާދަމާ އިރުއޮއްސި 6:30 ގައި ނުކުންނާނީ ވިލާއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު