ENGLISH

03 ފެބްރުއަރީ 2026

Advertisement

ސައުތު ޕޮލިސް ރީޖަންގައި ކުށްމަދުކުރުމަށް ހާއްސަ މަސައްކަތްތަކެއް

10 ނޮވެމްބަރު 2025

|

އަޙުމަދު ޙަމީދު

މިއަދު އޮތް ބައްދަލްވުން --

ސައުތު ޕޮލިސް ރީޖަން (ގއ. ގދ. ޏ. ސ) ގެ ރަށްރަށުގައި ކުށްމަދުކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށް އެ ރީޖަންގެ ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝަމީމް ވިދާޅުވެއްޖެ އެވެ. އެސިސްޓެންޓް ކޮމިޝަނަރ އަޙްމަދު ޝަމީމް މިފަދައިން ވިދާޅުވީ މިއަދު އޮންލައިންކޮށް މީޑިއާތަކާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

މި ބައްދަލުވުމުގައި، ސައުތު ޕޮލިސް ރީޖަންގައި ކުށްމަދުކުރުމަށް މި އަހަރުގެ މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާއި ހިންގާފައިވާ އޮޕަރޭޝަންތަކާއި، ތަހުގީގުކޮށްފައިވާ އަދި މިހާރު ވެސް ތަހުގީގުކުރަމުންދާ ބައެއް މައްސަލަތަކާއި ރައްޔިތުންނާ ގުޅިގެން ރައްޔިތުންނާ ގާތުން ކުރެވިފައިވާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރެއްވި އެވެ. އަދި މީޑިއާތަކުން ކުރެއްވި ސުވާލުުތަކުގެ ޖަވާބުދެއްވި އެވެ.

މީގެ އިތުރުން، 2024 އިން 2028 އަށް އެކުލަވައިލާފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ސްޓްރެޓީޖިކް ޕްލޭންގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ކަނޑައަޅާފައިވާ ލޯކަލް ޕްލޭންގެ ދަށުން މަސައްކަތްކޮށް އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށް އޭސީޕީ އަޙްމަދު ޝަމީމް ވިދާޅުވި އެވެ. އަދި އެ ރީޖަންގައި މިވަގުތު އެންމެ އިސްކަމެއްދެނީ ގޭންގު ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު ތަންފީޒުކުރުމަށާއި މަސްތުވާތަކެއްޗާއި އެހެނިހެން ކުށްތަކުގެ ނުރައްކާ މުޖުތަމައުގައި ކުޑަކުރުމަށް ކަމަށް ވިދާޅުވި އެވެ.

އަދި މަސްތުވާތަކެތީގެ ނެޓްވޯކްތަކާ ދެކޮޅަށް މަސައްކަތްކުރުމަށާއި ގޭންގު ހަދައިގެން އިންތިޒާމުވެގެން ހިންގާ ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ އިތުރުން މަސްތުވާތަކެއްޗާ ދެކޮޅަށް ފުވައްމުލައް ސިޓީގައި 2024 ވަނަ އަހަރު ފެށި "ވެށިރައްކަލް'' އޮޕަރޭޝަން ސައުތު ޕޮލިސް ރީޖަންގެ ހުރިހާ އަތޮޅެއްގައި ހިންގައި ޕްރޯ އެކްޓިވް އިންވެސްޓިގޭޝަން ތަކެއް ކުރިއަށް ގެންދާ ކަމަށް ވިދާޅުވި އެވެ. އަދި މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާން ބޭނުންވާ މީހުން ހޯދައި އެ މީހުންނަށް ބޭނުންވާ ފަރުވާ ދިނުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް މި ބައްދަލުވުމުގައި ފާހަގަ ކުރެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު