ENGLISH

07 ޑިސެމްބަރު 2025

Advertisement

32 ރަށެއްގައި ކުޑަކުދިންގެ ޕާކު ތަރައްޤީކުރަން އެޗްޑީސީއަށް

10 ނޮވެމްބަރު 2025

|

އަޙުމަދު ޙަމީދު

32 ރަށެއްގައި ކުޑަކުދިންގެ ޕާކު ތަރައްޤީކުރަން އެޗްޑީސީއާ ހަވާލުކުރުން --

ބައްތިރީސް ރަށެއްގައި ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފި އެވެ.

މިއަދު އޮތް ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި އެޗްޑީސީއާއެކު މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއިން ވަނީ ސޮއިކޮށްފަ އެވެ.

މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ބުރިގޭޑިއަރ ޖެނަރަލް (ރިޓަޔާރޑް) ޢަލީ ޒުހައިރު އެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ފައިނޭންސް އެގްޒެކެޓިވް މުހައްމަދު ސަރާޙް އެވެ.

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އިން ބުނީ މި އެއްބަސްވުމުގެ ދަށުން ބައްތިރީސް ރަށެއްގައި ކުޑަކުދިންގެ ޕާކު ތަރައްޤީ ކުރާނެ ކަމަށެވެ. މިއީ މުޅީން އަލަށް ތަރައްޤީކުރާ ކުޑަކުދީންގެ ޕާކުތަކެކެވެ.

މީގެ އިތުރުން 73 ރަށެއްގައި ކުޑަކުދީންގެ ޕާކު މަރާމާތުކޮށް ތަކެތި ފޯރުކޮށްދެވޭނެ ކަމަށް ބުންޏެވެ.

އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުޑަކުދީންގެ ޕާކުތައް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު