ENGLISH
07 ޑިސެމްބަރު 2025
ހުޅުމާލޭގައި ހިނގި އެކްސިޑެންޓާއި ގުޅިގެން ދެ މީހަކު ހައްޔަރު؛ ތުހުމަތު ކުރެވެނީ ތިބީ މަސްތުގެ ހާލަތުގައި ކަމަށް
10 ނޮވެމްބަރު 2025
|
ހުޅުމާލޭގައި ހިނގި އެކްސިޑެންޓާއި ގުޅިގެން ހައްޔަރުކުރި ދެ މީހުން --
ހުޅުމާލޭ ނިރޮޅުމަގުން ދުއްވާފައި ދިޔަ ކާރެއްގެ ކުރިމަތިން އައި އެހެން ކާރަކުން ނައްޓައި، ދާންއުޅުމުގެ ތެރޭގައި ކޮންޓްރޯލުނުވެ ސައިކަލެއްގައި ޖެހި އެކްސިޑެންޓުވެ އަދި ފިހާރައެއްގެ ބިއްލޫރިގަނޑުގައި ކާރު ޖެހި އެކްސިޑެންޓުވެފައިވާ މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެ ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެކްސިޑެންޓުވި ކާރު ދުއްވި ހ. ބްލޫލޫން / މާލެ، މުޙައްމަދު ޖައުޝަން (29އ) އާއި އެ ކާރުގެ ކުރީ ސީޓުގައި އިން މ. ފަންއަރި / މާލެ، އަޙްމަދު އައުސަމް ޙަނީފް (26އ) އެވެ. މި ދެމީހުން ވެސް ހައްޔަރުކުރިއިރު ތިބީ މަސްތުގެ ހާލަތުގައި ކަމަށް ތުހުމަތުކުރެވޭ ކަމަށް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓުގެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މި ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ. މައްސަލައިގައި ހިމެނޭ ދެމީހުން ވެސް ހައްޔަރު ކޮށްފައި ވަނީ އެކްސިޑެންޓު ހިނގި ވަގުތު އެ ސަރަހައްދުންނެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށްވެސް ބުންޏެވެ.