ENGLISH

07 ޑިސެމްބަރު 2025

Advertisement

ބޮޑު ފަސޭހައެއް; ޑެބިޓް ކާޑުން ބޭރުގައި ބޭނުންކުރެވޭ އަދަދު ބޮޑުކޮށްފި

10 ނޮވެމްބަރު 2025

|

އަޙުމަދު ޙަމީދު

ބެންކު އޮފް މޯލްޑިވްސްގެ ބްރާންޗެއް --

ޑެބިޓް ކާޑުން ރާއްޖޭން ބޭރުގައި ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ ލިމިޓް ބޮޑުކޮށްފި އެވެ.

ބެންކު އޮފް މޯލްޑިވްސް އިން ކުރީން ވެސް އިއުލާނުކޮށްފައިވާ ގޮތަށް މާދަމާއިން ފެށިގެން ޑެބިޓް ކާޑުން ރާއްޖޭން ބޭރުގައި ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ ލިމިޓް ބޮޑުވާނެ ކަމަށް ވަނީ ހާމަކޮށްފަ އެވެ. މި ބަދަލާއެކު ޑެބިޑް ކާޑުން ބޭރުގައި މަހަކު ބޭނުން ކުރެވޭ އަދަދު 3,000 ޑޮލަރަށް އިތުރުވާނެ އެވެ.

އަދި ރާއްޖެއިން ބޭރުގައި ކާޑު މެޝިން މެދުވެރިކޮށް މަހަކު 1,000 ޑޮލަރު ދެއްކޭނެ އެވެ. މީގެ އިތުރުން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގެ ޓިކެޓަށާއި ހޮޓަލަށް ފައިސާ ދެއްކުމާއި ސިއްޙީ ފަރުވާގެ ކަންކަމަށް މަހަކު 3,000 ޑޮލަރާއި ހަމައަށް ބޭނުން ކުރެވޭނެ އެވެ.

ވެރިކަމަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބޭރު ފައިސާގެ ސިޔާސަތަށް ހަރުދަނާ ބަދަލުތަކެއް ގެންނަވާފަ އެވެ. އަދި ޑޮލަރު ލިބުމުގައި އޮތް ދަތިކަން ފިލުވުމަށް ޚާއްސަ އިސްކަމެއް ދެއްވައިގެން ވަރަށް މުހިންމު ފިޔަވަޅުތަކެއް ގެންދަވަނީ އަޅުއްވަމުންނެވެ.

މަރުކަޒީ ބެންކުން ބެންކުތަކަށް ފޯރުކޮށްދޭ ޑޮލަރުގެ މިންވަރު އިތުރުކޮށް ޑޮލަރު ލިބުމަށް އޮތް ދަތިކަން ދަނީ ކުޑަ ކުރައްވަމުންނެވެ. އަދި މުހިންމު ބޭނުންތަކަށް ބޭރަށް ދާ ދިވެހީންނަށް ފަސޭހައިން ޑޮލަރު ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސަވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު