ENGLISH
16 ނޮވެމްބަރު 2025
ޑެބިޓް ކާޑުން ނަގާ މާޗަންޓް ޑިސްކައުންޓް ރޭޓް އެއް އިންސައްތަ އަށް ކުޑަކޮށްފި
10 ނޮވެމްބަރު 2025
|
ބީއެމްއެލް މާސްޓާރ ޑެބިޓް ކާޑް--ފޮޓޯ:ޕީއެސްއެމް
ބީއެމްއެލް ކާޑު މެޝިންތަކުގައި ބޭނުންކުރާ ޑެބިޓް ކާޑުތަކުން ނަގާ މާޗަންޓް ޑިސްކައުންޓް ރޭޓް، (އެމްޑީއާރު) 1 އިންސައްތައަށް ކުޑަކޮށްފި އެވެ.
މިބަދަލަކީ ބޭންކުގެ 43 ވަނަ އަހަރީ ދުވަހާ ގުޅިގެން ގެނައި ހެޔޮ ބަދަލުތަކުގެ ތެރެއިން އެއް ބަދަލެވެ. ބީއެމްއެލް އިން ބުނީ މި ބަދަލު ގެނައުމުގެ މަޤްޞަދަކީ ރާއްޖޭގެ އިގްތިޞާދު ކުރިއަރުވައި، މާލީ ގޮތުން ގިނަ ބަޔަކު ބާރުވެރިކުރުވުން ކަމަށެވެ.
އެމްޑީއާރު އަކީ، ބީއެމްއެލްގެ ކާޑު މެޝިންތަކުގައި ކާޑު މެދުވެރިކޮށް ފައިސާ ބަލައިގަތުމަށްޓަކައި ބޭންކުން ވިޔަފާރިވެރިންގެ އަތުން ނަގާ ފީއެކެވެ. ބީއެމްއެލް އިން މި ހިދުމަތް ތަޢާރަފް ކޮށްފައިވަނީ 2000 ވަނަ އަހަރުއެވެ. މިހާތަނަށް މި ހިދުމަތުން ނަގަމުން އައީ 2.5 އިންސައްތައިގެ ސްޓޭންޑަރޑް ރޭޓެކެވެ. މިއީ މި ރޭޓަށް ބަދަލެއް ގެނައި ފުރަތަމަ ފަހަރެވެ.
މިބަދަލުގެ ސަބަބުން މި ޚިދުމަތް ބޭނުން ކުރަމުން އަންނަ 7000 އަށްވުރެ ގިނަ ވިޔަފާރިވެރިންނަށް މިކަމުގެ ފައިދާ ކުރާނެކަމަށް ބީއެމްއެލް އިން ގަބޫލުކުރެއެވެ.
"އަހަރީ ދުވަހާ ދިމާކޮށް މުޅި ރާއްޖޭގެ ވިޔަފާރިތަކަށް ޚަރަދުތައް ކުޑަކޮށް، ފައިނޭންސަށް ފަސޭހައިން ވާސިލުވުމަށް މަގުފަހިކޮށްދިނުމަށް މި އެޅުނު ފިޔަވަޅާ މެދު އަޅުގަނޑުމެން ވަރަށް ބޮޑަށް ފަހުރުވެރިވަން. މާޗަންޓް ފީ 1އިންސައްތަ އަށް ކުޑަކުރުމަކީ ބޮޑު ބަދަލެއް. މި ބަދަލުގެ ސަބަބުން އެތައް ހާސް ވިޔަފާރިއަކަށް ބޮޑު ފައިދާއެއް ކުރާނެކަމަށް އަޅުގަނޑުމެން ގަބޫލުކުރަން"، ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.
އެމްޑީއާރު ކުޑަކުރުމުގެ އިތުރުން، ބީއެމްއެލް އިން ވަނީ އާ އެޑްވާންސް މާޗަންޓް ސެޓްލްމަންޓް ފެސިލިޓީއެއް ވެސް ތަޢާރަފުކޮށްފައެވެ. ރަހުނަކާ ނުލައި ދޫކުރާ މި އެޑްވާންސް ސެޓްލްމަންޓް ފެސިލިޓީގެ ދަށުން، ވިޔަފާރިތަކަށް އެ ވިޔަފާރިއަކުން ފާއިތުވި ހަ މަސް ދުވަހު ބީއެމްއެލް ކާޑު މެޝިނުން ވިޔަފާރިކޮށްފައިވާ މިންވަރަށް ބަލައި، ދެ މިލިއަން ރުފިޔާއާ ހަމައަށް ފައިސާ ލިބޭނެއެވެ. އަދި މި ފައިސާ އަނބުރާ ދެއްކުމަށް ހަމަޖެހިފައި ވަނީ ވިޔަފާރިތަކަށް ކޮންމެ ދުވަހެއްގެ މައްޗަށް ލިބޭ އާމްދަނީއަށް ބަލައި ލުއި ފަސޭހަ އުސޫލަކުން ދެއްކޭ ގޮތަށްކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.