ENGLISH
03 ފެބްރުއަރީ 2026
ބުރުނީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިމުމާ ގާތަށް
10 ނޮވެމްބަރު 2025
|
ބުރުނީ ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ތެރެއިން--ފޮޓޯ:އެމްޓީސީސީ
އެންމެ މަޤްބޫލު
ތ. ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިމުމާ ގާތަށް ގޮސްފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫޢަށް ބޭނުންވާ ބޮޑު ހިލައިގެ އެންމެ ފަހު ޝިޕްމެންޓް ސައިޓަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ. މުޅި މަޝްރޫޢުގެ 98 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.
މި މަޝްރޫޢުގެ ދަށުން ގިރާ ސަރަޙައްދަށް 21،181.80 ކިއުބިކް މީޓަރުގެ ވެލި އެޅުމާއި، 220 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 369 މީޓަރު ސަރަޙައްދެއްގައި ތޮށިލުމުގެ މަސައްކަތް ހިމެނެއެެވެ.
ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލު ކުރި މި މަޝްރޫއަކީ 28.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މި މަޝްރޫއަކީ ރަށުގެ ގޮނޑުދޮށް ހިމާޔަތްކޮށް، ރައްޔިތުންނަށް ދިމާވާ ރަށް ގިރުމުގެ މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދައިދިނުމަށް ސަރުކާރުން އިސްކަންދީގެން ހިންގާ މުހިންމު މަޝްރޫއެކެވެ.