ENGLISH

03 ފެބްރުއަރީ 2026

Advertisement

ބިލަތްފަހި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ކުރިއަށްދަނީ

10 ނޮވެމްބަރު 2025

|

އާމިނަތު ނުޒްލާ

ބިލަތްފަހި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ފައުންޑޭޝަން އެޅުމުގެ މަސައްކަތުގެ ތެރެއިން--ފޮޓޯ:އެމްޓީސީސީ

ށ. ބިލަތްފަހީގައި ޤާއިމްކުރާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރްސީ) ގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މިހާރު ކުރިއަށްދަނީ ފައުންޑޭޝަންގެ ކޮންކްރީޓް މަސައްކަތް ކަމަށެވެ.

ބިލަތްފަހި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅާފައިވަނީ ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި އަހަރުގެ އޮކްޓޫބަރު މަހު ކުރެއްވި ޒިޔާރަތުގެ ތެރެއިން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. 

ބިލަތްފަހި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ ޑީސީޕީ (ރޓ) އަޙްމަދު ސަޢުދީ އެވެ. 

ބިލަތްފަހި އެފްއާރްސީގެ މަސައްކަތް އެމްޓީސީސީއާ ހަވަލުކޮށްފައިވަނީ 180 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 4.56 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއުގެ ދަށުން 4005 އަކަފޫޓުގެ ސަރަހައްދެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ގާއިމުކުރުމަށް ހަމަޖެހިފައިވާއިރު، މި ސެންޓަރުގައި އެކި ކަހަލަ ބޯޑު ގޭމުތަކާއި އިންޑޯ ޖިމާއި އެރޮބިކްސް ފަދަ ކަސްރަތުތައް ކުރެވޭނެ މަގު ފަހިވެގެންދާނެ އެވެ.

ގާތްގަނޑަކަށް 770 މީހުންގެ އާބާދީއެއް އޮންނަ ބިލެތްފަހީގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ގާއިމުކުރެވުމާއެކު، ސިއްހީ ގޮތުންނާއި އިޖުތިމާއީގޮތުން ރަށު ރައްޔިތުންނަށް ބޮޑެތި ފައިދާތަކެއް ކުރާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު