ENGLISH

10 އޭޕްރީލު 2025

Advertisement

ސައުތެމްޓަންއާ އެއްވަރުވިޔަސް ބްރައިޓަން ދެވަނަ އަށް

30 ނޮވެމްބަރު 2024

|

ޢަލީ ޝާހީން

ބްރައިޓަންގެ ކުޅުންތެރިން އުފާފާޅުކުރަނީ - ފޮޓޯ: ޕްރިމިއަރ ލީގު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ސައުތެމްޓަނާ ދެކޮޅަށް ކުޅުނު މެޗު 1-1  އިން އެއްވަރުވިޔަސް ބްރައިޓަން ތާވަލްގެ ދެވަނަ އަށް ޖެހިލައިފިއެވެ.

މި ނަތީޖާއާ އެކު ބްރައިޓަން ވަނީ، ލީގުގެ އެއްވަނައިގައި އުޅޭ ލިވަޕޫލްއާ 8 ޕޮއިންޓް ގާތަށް ޖެހިލައިފަ އެވެ. ލިވަޕޫލް އެއްވަނައިގައި އޮތީ 12 މެޗުން 31 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި ބްރައިޓަން އޮތީ 13 މެޗުން 23 ޕޮއިންޓް ހަމަކޮށްގެންނެވެ.

ތާވަލްގެ ތިން ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓް ލިބިފައިވެއެވެ. ހަތަރުވަނައިގައި އޮތް ޗެލްސީ އަށް ލިބިފައިވަނީ 12 މެޗުން 22 ޕޮއިންޓެވެ.

ބްރައިޓަންގެ އެމެކްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ 29 ވަނަ މިނެޓުގައި ތާރިކް ލަމްޕްޓޭ ނަގައިދިން ހުރަހެއް ބޮލުން ގޯލްގެތެރެއަށް ފޮނުވާލައިގެން ކައޮރޫ މިޓޯމާ ވަނީ އެ ޓީމަށް ލީޑްނަގައިދީފައެވެ. މި ގޯލާއެކު އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ 1-0 އިން ކުރީގަ އޮވެގެންނެވެ.

މެޗުގެ 59 ވަނަ މިނެޓުގައި ފްލިން ޑައުންސް ވަނީ ސައުތެމްޓަނަށް އެއްވަރުކޮށްދީފައެވެ. އަދި އޭގެ ތިން މިނެޓުފަހުން، ސައުތެމްޓަނުން ލީޑު ނެގި ނަމަވެސް، ވީއޭއާރް އިން ބެލުމަށްފަހު އެ ލަނޑު ރެފްރީ ގަބޫލެއް ނުކުރެއެވެ. އެއީ، ސައުތެމްޓަންގެ ފޯވާޑް، ކެމަރަން އާޗާ އެ ބޯޅަ ފޮނުވާލިއިރު އެ ޓީމުގެ އެޑަމް އާމްސްޓްރޯންގް އޮފްސައިޑް މަގާމެއްގައި ހުރެ ބޯޅަ އަށް މަސައްކަތް ކުރުމުންނެވެ. 

ވީއޭއާރްގެ މި ނިންމުމާ ގުޅިގެން ސައުތެމްޓަންގެ ކޯޗު، ރަސެލް މާޓިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. 


ކިޔުންތެރިންގެ ހިޔާލު