ENGLISH

09 ނޮވެމްބަރު 2025

Advertisement

އަންނަ އަހަރު ދައްކަންޖެހޭ ދަރަނި އަދާކުރުމާ ގުޅޭ ހަގީގީ ޕްލޭނެއް އެބައޮތް: އޮޑިޓަރ ޖެނެރަލް

09 ނޮވެމްބަރު 2025

|

ޝިފްޒާން އަޙްމަދު

އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ، ފޮޓޯ: ރަސް އޮންލައިން

އަންނަ އަހަރު ސަރުކާރުން ދައްކަންޖެހޭ 600 މިލިއަން އެމެރިކާ ޑޮލަރުގެ ދަރަނި އަދާކުރުމަށް ސަރުކާރުން ރިއަލިސްޓިކް ނުވަތަ ހަގީގީ ޕްލޭނެއް ސަރުކާރުން އެކުލަވައިލާފައިވާކަން ލިޔެކިޔުންތަކުން އެނގޭކަމަށް އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ. 

2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީގައި ވާހަކަދައްކަވަމުން ނިޔާޒީ ވިދާޅުވީ ބަޖެޓާމެދު އޮތް ކަންބޮޑުވުމަކީ ދައުލަތުުގެ ހަރަދު ކުޑަކުރުމަށް އަޅާ ފިޔވަޅުތައް އެކަށީގެންވާ ދެމެހެއްޓެނެވި މިންގަނޑެއްގައި ނެތުން ކަަމަށެވެ. 

އޭނާ އިތުރަށް ވިދާޅުވީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ބަޖެޓުގައި ހިމަނާ ސިޔާސަތުތައް ތަންފީޒުކުރުން ކޮންމެ އަހަރަކުވެސް ފަސްކުރަމުންދާ ކަމަށެވެ. ނަމަވެސް އެ ސިޔާސަަތުތައް ތަންފީޒުކުރުން ފަސްކުރެވޭނީ ކިހައި މުއްދަތަކަށްތޯ އޭނާ ސުވާލު އުފެއްދެވިއެވެ. 

އެއާއެކު ނިޔާޒީ ފާހަގަކުރެއްވީ ރާއްޖެއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަރަނި އަދާކުރުން ކަމަށްވާއިރު، އަންނަ އަހަރު 600 މިލިއަން ޑޮލަރުގެ ދަރަނި އަދާކުރަންޖެހޭތީ އެކަމަށް ސަރުކާރުން ތައްޔާރުވަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ. 

އެގޮތުން ފިނޭންސް މިނިސްޓްރީގެ ރެކޯޑުތަކާއި އެހެން ފަރާތްތަކާއެކު މިނިސްޓްރީން ކޮށްފަައިވާ މުއާމަލާތްތަކާ ގުޅޭ ލިޔެކިޔުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ދިރާސާކޮށްފައިވާކަން ފާހަގަކުރައްވަމުން ނިޔާޒީ ވިދާޅުވީ މިވަގުތު ހާލަތަށް ބަލާއިރު ދަރަނި ދެއްކުމަށް ރިއަލިސްޓިކް ހަގީގީ ޕްލޭނެއް އޮތްކަމަށް ގަބޫލުކުރެއްވެ ކަމަށެވެ. 

"ނަމަވެސް އަޅުގަނޑުމެން ފިނޭންސް މިނިސްޓްރީގެ ރެކޯޑުތަކާއި އެހެން ފަރާތްތަކާ އެކު ބަދަލުކޮށްފައި ހުރި ލިޔެކިޔުންތައް ވެސް ބެލިން. އެ ބެލި އިރު މިހާރަށް ބަލާއިރު ރިއަލިސްޓިކް ޕްލޭނެއް އޮތް ކަމަށް ގަބޫލު ކުރެވެނީ،" ނިޔާޒީ ވިދާޅުވިއެވެ. 

އެއާއެކު ނިޔާޒީ ހުށަހަޅުއްވާފައިވަނީ ބަޖެޓު ފާސްކުރުމުގެ ކުރިން ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް އަންނަ އަހަރު ބައެއް ފިޔަވަޅުތައް އެޅުމަށް ރައްޔިތުންގެ މަޖިލީހުން ލަފާތަކެއް އެރުވުމަށެވެ. އަދި އުސޫލެއްގެ ގޮތުން ބަޖެޓާއެކު މަޖިލީހުން ދޭ ލަފައަކީ އެއަށް ސަރުކާރުން އަމަލުކުރަންޖެހޭ ކަމެއް ކަމުގައި އޮޑިޓާ ޖެނެރަލް ފާހަަގަކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު