ENGLISH

09 ނޮވެމްބަރު 2025

Advertisement

އިތުރު ކޯޓާ ލިބޭނެ މަގު ތަނަވަސްކުރަން ހައްޖު މުބާޝިރު އިނިޝިއޭޓިވުން ފުރުސަތު ހޯދަނީ

09 ނޮވެމްބަރު 2025

|

އަޙުމަދު ޙަމީދު

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު --

އިތުރު ކޯޓާ ލިބޭނެ މަގު ތަނަވަސްކުރަން ހައްޖު މުބާޝިރު އިނިޝިއޭޓިވުން ފުރުސަތު ހޯދަން މަޝްވަރާ ކޮށްފި އެވެ.

އެކަން ހާމަކުރައްވާ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ ޤައުމުތަކަށް ކަނޑައަޅާފައި އޮންނަ ރަސްމީ ކޯޓާގެ އިތުރަށް، އިތުރު ކޯޓާ މިހާރު ނުދެއްވި ނަމަވެެސް، އެހެން ޤައުމުތަކަށް ދީފައި ހުންނަ ކޯޓާގެ ތެރެއިން އެޤައުމުތަކުން ބޭނުން ނުކޮށް ހުންނަ ކޯޓާ، ކޯޓާ އިތުރަށް ބޭނުންވާ ޤައުމުތަކުން ބޭނުން ކުރެވޭ ގޮތައް ސައުދީއިން ކުރިއަށް ގެންދާ ހައްޖު މުބާޝިރު އިނިޝިއޭޓިވް އިން ރާއްޖެއަށް ފުރުޞަތު ހޯދަން މިއަދު ވަނީ މަޝްވަރާ ކޮށްފައި ކަމަށެވެ.

ސަރުކާރުން ދަނީ ޙައްޖު ކޯޓާ އިތުރުކުރެވޭތޯ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 

ހައްޖު މުބާޝިރު އިނިޝިއޭޓިވް އިން ފުރުސަތު ލިބިއްޖެނަމަ  އެހެން ޤައުމުތަކަށް ދީފައި ހުންނަ ކޯޓާގެ ތެރެއިން އެ ޤައުމުތަކުން ބޭނުން ނުކޮށް ހުންނަ ކޯޓާއިން ބައެއް ލިބުމުގެ ފުރުސަތު ފަހިވާނެ އެވެ.

ސަރުކާރުން ކުރި މަސައްކަތުން މައްކާ ރޫޓު އިނީޝިއޭޓިވުން ވެސް ރާއްޖެއަށް ވަނީ ފުރުސަތު ލިބިފަ އެވެ. އެ ފުރުސަތު ލިބުމުން ދިވެހި ހައްޖުވެރިންނަށް ވަރަށް ގިނަ ފަހި ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. މިއީ ހައްޖަށް ދާ ދިވެހިންނަށް ލިބޭ ހިދުމަތްތަކުގެ ފެންވަރު މިހާރަށްވުރެ ރަނގަޅުވެ ހައްޖުގެ އަޅުކަމުގެ ތަކުލީފުތައް ކުޑަވި ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު