ENGLISH

12 ނޮވެމްބަރު 2025

Advertisement

"އައި ލަވް އެޗްއެމްއެލް"ގެ ނަމުގައި މޮނިއުމެންޓެއް ސެންޓްރަލް ޕާކުގައި ބަހައްޓައިފި

09 ނޮވެމްބަރު 2025

|

އާމިނަތު ނުޒްލާ

އެޗްޑިސީން ސެންޓްރަލް ޕާކުގައި ބެހެއްޓި "އައި ލަވް މޮނިއުމެންޓް" --ފޮޓޯ: އެޗްޑީސީ

އެޗްޑީސީން "އައި ލަވް އެޗްއެމްއެލް"ގެ ނަމުގައި ހުޅުމާލޭގެ ރައްޔިތުންނަށް ޚާއްސަކޮށްގެން މޮނިއުމެންޓެއް ބަހައްޓައިފިއެވެ.

މި މޮނިއުމެންޓް ބަހައްޓާފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މި މޮނިއުމެންޓް ހުޅުވައިދެއްވީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރެވެ.

އެޗްޑީސީގެ މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސްގެ އެސިސްޓެންޓް ޑިރެކްޓަރ މަލްޝާ ޝަރީފް ވިދާޅުވީ، ހުޅުމާލޭ ސެންޓްރަލް ޕާކުގައި މި ބެހެއްޓިގެން ދިޔަ މޮނިއުމެންޓްއަކީ ހުޅުމާލެ ޑެސްޓިނޭޝަންއެއްގެ ގޮތުގައި މާކެޓްކުރުމަށްޓަކައި ބެހެއްޓިގެން ދިޔަ މޮނިއުމެންޓްއެއް ކަމަށެވެ. އަދި ހަމައެހެންމެ ބްރޭންޑް އައިޑެންޓިޓީއެއް ގާއިމްކުރެވިގެންދާނެ ކަމަށާއި ، މީގެ އިތުރުން އެޗްއެމްއެލް އަކީ ހުޅުމާލެ ކުރުކޮށް ކިޔާ ގޮތް ކަމަށް ވެސް ވިދާޅުވިއެވެ. 

"ދުނިޔޭގެ އެހެން ބޮޑެތި ގައުމުތަކެކޭ އެއްގޮތައް އައިކޯނިކް އައިޑެންޓިޓީއާއި އެއްގޮތައް އައިލަވް އެޗްއެމްއެލްގެ ގޮތުގައި މިސާލަކަށް ނިއުޔޯކް ސިޓީ ކަހަލަ ތަންތާގައި ވެސް އެންވައި ބޭނުން ކުރާ ގޮތަށް، އެންވައިއޭ ބުނީމަ މީ ނިއުޔޯކް ސިޓީކަން އެނގޭ ގޮތައް ކުރިއަށް އޮތްތަނުގައި އެޗްއެމްއެލްއޭ ބުނީމަ މީ ހުޅުމާލެކަން އެނގޭ ގޮތަށް އެ ލެވެލްއަށް އަޅުގަނޑުމެން ބޭނުންވަނީ ހުޅުމާލެ ސިޓީއެއްގެ ގޮތުގައި ޕްރޮމޯޓްކުރަން." މަލްޝާ ޝަރީފް ވިދާޅުވިއެވެ.

ހުޅުމާލެ އަކީ ދިވެހިރާއްޖޭގެ އެންމެ އާބާދީ ބޮޑު ރަށްކަމަށްވާއިރު އެރަށުގައި ރާއްޖޭގެ ހުރިހާ ރަށެއްގެ މީހުންވެސް ދިރިއުޅޭ ރަށެއްކަމަށް މަލްޝާ ވިދާޅުވިއެވެ. މީގެ އިތުރުން ބޭރު ގިނަފަރާތްތަކެއްވެސް ދިރިއުޅެމުން ދާކަމަށާއި،އަދި ހަމަ އެހެންމެ ގިނަ ގެސްޓް ހައުސްތަކެއް ހިންގަމުންދާއިރު، ޓުއަރިސްޓުންވެސް ވަރަށް ގިނައިން ޒިޔާރަތްކުރާ ރަށަކަށްވުމުން، ހުޅުމާލެ ސިޓީ ޕްރޮމޯޓް ކުރުމަށް މޮނިއުމެންޓް ބެހެއްޓުން ވެގެންދާނީ ވަރަށް ރަނގަޅު ކަމެއްގެ  ގޮތުގައި ސިފަކުރެއްވިއެވެ.

މި މޮނިއުމެންޓްގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި ހުޅުމާލެއަށް ނިސްބަތްވުމުގެ އިހުސާސް އުފެދި އާލާވެގެންދާނެ ކަމަށް ވެސް މަލްޝާ ވިދާޅުވިއެވެ. 

ކުރިއަށް އޮތްތަނުގަ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގެ އެޗްޑީސީން ތަފާތު މޮނިއުމެންޓްތައް ބަހައްޓާނެކަމަށާއި،މީގެ ތެރެއިން "އައިލަވް ހުޅުމާލޭ"ގެ އިތުރުން "މަގޭ ހުޅުމާލެ" ކަހަލަ މޮނިއުމެންޓްތައް ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. 

ހުޅުމާލެ އަށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކުން އައިލަވް ހުޅުމާލެ މޮނިއުމެންޓް ކައިރީ ފޮޓޯ ނަގާ، ސޯޝަލް މީޑިއާގައި ހިއްސާކޮށް އެޗްޑީސީ ނުވަތަ މައި ހުޅޫމާލެ ޕޭޖްއަށް ޓެގްކޮށްލުމަކީ އެޗްޑީސީގެ ވަރަށް ބޮޑު އެދުމެކެވެ.

ކިޔުންތެރިންގެ ހިޔާލު