ENGLISH
12 ނޮވެމްބަރު 2025
ފުލުހުންގެ ޚިދުމަތް ގާއިމުކޮށް ނަޑެއްލާ ރައްޔިތުންނަށް ޚާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި
09 ނޮވެމްބަރު 2025
|
ފުލުހުން ކުރިއަށް ގެންދިޔަ ސައިބަރ ސެކިއުރިޓީ އެވެއާނެސް ހަރަކާތެއްގެ ތެރެއިން. --ފޮޓޯ:ޕޮލިސް
ގދ. ނަޑެއްލާގައި ވޯކް އެންޑް ޓޯކް ހަރަކާތެއް ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންގޮސްފިއެވެ.
ނަޑެއްލާގައި ފުލުހުންގެ ހިދުމަތްދޭން ފެށުމާ ގުޅިގެން ،ކުރިއަށް ގެންދިޔަ މި ހަރަކާތަކީ ރައްޔިތުންނާ ފުލުހުންނާ ދެމެދު އޮންނަ ގުޅުން ރަނގަޅުކޮށް ، ޤާނޫނުތަކާއި ޤަވާއިދުތަކަށް އަހުލުވެރިވާ މުޖުތަމަޢެއް ބިނާކޮށް ކުށް މަދު އަމާން ރަށަކަށް ނަޑެއްލާ ހެދުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން އެރަށުގައި މި މަހުގެ 6 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މި ހަރަކާތުގައި، އެރަށުގެ ވަކި ވަކި ރައްޔިތުންނާ ބައްދަލުކޮށް އެރަށުގެ ގެތަކަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހާ އޮޅުންފިލުވާފައިވެއެވެ. އަދި ހަމަ މިއާއެކު އެރަށުގައި ހުރި ނޭދެވޭ މައްސަލަތައް ފާހަގަކޮށް، ފުލުހުންނާ ރައްޔިތުން ގުޅިގެން، އެ މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްްކަތްކުރާނެ ގޮތުގެ ޚިޔާލުވެސް އޮޅުންފިލުވިއެވެ.
މީގެ އިތުރުން ނަޑެއްލާ ރައްޔިތުންނަށް ސްކޭމް ކޯލްތަކާއި، އޮޅުވާލައިގެން ފައިސާ ހޯދާ ގޮތްތަކާއި އެފަދަ ހީލަތްތެރި ޢަމަލުތަކުން ސަލާމަތްވާނެ ގޮތްތައް ވަނީ ކިޔައިދީފައެވެ. އަދި ރައްކާތެރިކަމުގެ މަޢުލޫމާތު އެކުލެވިގެންވާ ލީފްލެޓްތައް ވެސް ވަނީ ބަހައިފައެވެ. އަދި މީގެ އިތުރުން ރައްޔިތުންނަށް ދިމާވާ މައްސަލަތައް ރިޕޯޓްކުރާނެ ގޮތާއި، ސްޓޭޝަންގެ ފޯން ނަންބަރު ވެސް ވަނީ ހިއްސާކޮށްފައެވެ.
މި ހަރަކާތުގެ ތެރެއިން، ރަށުގައި ދުއްވާ އެއްގަމު އުޅަނދުފަހަރު ބަލައިފާސްކޮށް، ރަނގަޅު ކުރަންޖެހޭ ކަންތައްތައް ކިޔައިދީ އެފަރާތްތަކަށް ވަނީ ނަސޭހަތްދީފައެވެ.
ދިވެހިރާއްޖެއަކީ އަމާން އޮމާންތަނަކަށް ހެދުމަށްޓަކައި ފުލުހުންގެ ހިދުމަތުން އަންނަނީ ތަފާތު ގިނަ ގުނަ މަސައްކަތް ކުރަމުންނެވެ.