ENGLISH
09 ނޮވެމްބަރު 2025
ކުރިކީލަ ރިޟާ އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ
09 ނޮވެމްބަރު 2025
|
ޤައުމަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ހ. ނޫކުރިކީލަ، އަޙްމަދު ރިޟާ (ކުރިކީލަ ރިޒާ) އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރިޟާ ވަނީ ޝަރުޢީ ދާއިރާއާއި ސަރުކާރުގެ އެކި މަޤާމުތައް ފުރުއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ މީސްމީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ކުރިކީލަ ރިޒާއަކީ ޝަރުޢީ ދާއިރާ، އަދި ސަރުކާރުގައި ގިނަ ދުވަސްތަކަކު ޚިދުމަތް ކުރައްވާފައިވާ، އަދި އިޖްތިމާޢީ ކަންކަމުގައިވެސް އެކި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ބޭފުޅެއް ކަަމަށެވެ.
ކުރިކީލަ ރިޒާ އަވަހާރަވުމުގެ ހިތާމައިގައި އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ.
ކުރިކީލަ ރިޟާ އަވަހާރަވީ އުމުރުފުޅުން 82 އަހަރުގައި މެލޭޝިއާގައެވެ. ކުރިކީލަ ރިޟާގެ ޖަނާޒާ މިއަދު މެލޭޝިއާ ގަޑިން އަސުރު ނަމާދަށް ފަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.