ENGLISH

09 ނޮވެމްބަރު 2025

Advertisement

ހަނިމާދޫ އެއާޕޯޓު ހުޅުވުން؛ އިންޑިޔާގެ ބޮޑުވަޒީރުގެ މަންދޫބެއް ރާއްޖެއަށް

09 ނޮވެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ހަނިމާދޫން އިންޑިޔާ ބޮޑުވަޒީރުގެ މަންދޫބަށް މިނިސްޓަރު ހަލީލު މަރުހަަބަާ ވިދާޅުވުން، ފޮޓޯ: ފޮރިން މިނިސްޓްރީ

އިންޑިޔާގެ އެގްޒިމް ބޭންކުގެ އެހީގައި ހދ.ހަނިމާދޫގައި ތަރައްގީކުރި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިޔާގެ ބޮޑުވަޒީރުގެ ހައިސިއްޔަތުން އެ ގައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ރާމް މޯހަން ނައިޑޫ މިއަދު ރާއްޖެއަށް ވަޑައިގެންފިއެވެ. 

ނައިޑޫ ރާއްޖެއަށް މިއަދު ވަޑައިގަތުމުން އޭނާއަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ ފޮރިން މިނިސްޓަރު ޑރ.އަބްދުﷲ ހަލީލެވެ. 

ހަނިމާދޫ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މިރެއެވެ. ބެލެވޭ ގޮތުގައި މިރޭ އޮންނަ ރަސްމިއްޔާތުގައި އިންޑިޔާ ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގަންނަަވާނީ ރާމް މޯހަންއެވެ. 

މި މަޝްރޫއަކީ 136 މިލިއަން އެމެރިކާ ޑޮލަރު ހޭދަކޮށްގެން ތަރައްގީކުރި އެއާޕޯޓެކެވެ. އެ މަޝްރޫއަށް ފައިސާ ހަމަޖައްސާފައިވަނީ އިންޑިޔާގެ އެގްޒިމް ބޭންކުންނެވެ. އެ މަޝްރޫއުގެ ދަށުން 2.46 ކިލޯމީޓަރުގެ ދިގު ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޓާމިނަލެއް ތަރައްގީކުރެއެވެ. 

މި އެއާޕޯޓަކީ ބޮއިންގެ 737 މަރުކާގެ އަދި އޭ320 މަރުކާގެ މަތިންދާ ބޯޓުތަކަށް ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ. 

މިރޭ ހަނިމާދޫ އެއާޕޯޓު ހުޅުވިގެންދާއިރު، އުތުރުގައި ފަތުރުވެރިކަން އިތުރަށް ތަރައްގީކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު