ENGLISH

09 ނޮވެމްބަރު 2025

Advertisement

އުކުޅަހު މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމުގެ މަސައްކަތުގެ 65 އިންސައްތަ ނިމިއްޖެ

09 ނޮވެމްބަރު 2025

|

އާމިނަތު ނުޒްލާ

އުކުޅަހުގެ މަގު ހެދުމުގެ ތެރެއިން--ފޮޓޯ:އެމްޓީސީސީ

އއ.އުކުޅަހުގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން 65 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މިހާރު ކުރިއަށްދަނީ މަގުތަކުގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކަމަށެވެ.

އުކުޅަހުގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ ދަށުން އެރަށުގެ 10 މަގެއް ޒާމާނީ ފެންވަަރަށް ތަރައްޤީކޮށް ، ޖުމްލަ 2.68 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ތާޅުއެޅުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 56 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.

އުކުޅަހަކީ ގެސްޓް ހައުސް ވިޔަފާރީގައި ފާހަގަކޮށްލެވޭ ރަށެކެވެ. އެރަށުގައި މިހާރުވެސް ރަޖިސްޓްރީކޮށްގެން 30 އަށްވުރެ ގިނަ ގެސްޓްހައުސް ހިންގަމުންދެ އެވެ.

އެރަށުގެ ރައްޔިތުންނަށާއި، އަދި ރަށަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށްވެސް އެންމެ ދަތިވާކަމަކީ، އެރަށުގެ މަގުތައް ޒާމާނީ ފެންވަރަކަށް ހެދިފައި ނެތުމުން ކުރިމަތިލާން ޖެހޭ އުދަގޫތަކެވެ. އެގޮތުން ވިއްސާރަ މޫސުމުގައި ފެން ނުހިނދި ގިނަ ދުވަސްވަންދެން ހުރުމާއި، މަގުގެ އަޑި ގުޑަންތައް ގިނަވުމުގެ ސަބަބުން ދުއްވާ އެއްޗިސް ދުއްވާ ފަރާތްތަކަށާއި ހިގާ މީހުންނަށް ގިނަ ތަކުލީފުތަކަކާ ކުރި މަތި ލާން ޖެހެއެވެ.

އެހެންކަމުން މަގުތައް ހަދާ ނިމުމާއެކު، އެރަށުގައި ދިރިއުޅޭ ފަރާތްތަކަށާއި، ޒިޔާރަތްކުރާ ފާރާތްތަކަށް ގިނަ ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު