ENGLISH

09 ނޮވެމްބަރު 2025

Advertisement

މަހުމޫދު ރިޔާޒު މަގާމަށް އިއާދަކުރަން ސަަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެދެން ނިންމައިފި

08 ނޮވެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް މަހުމޫދު ރިޔާޒު، ފޮޓޯ: ދައުރު

ހޯކްސް ކުންފުނީގެ ބޯޓެއްގަައި ވަގަަށް ރާއްޖެެއަށް ސިގިރެޓު އެތެރެކުރި މައްސަލައަކާއި، ބޮންޑެޑް ވެއާހައުސްއެއްގައި ހުރި ސިގިރެޓުތަކެއް ގެއްލުނު މައްސަލާގައި، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެދިގެން ވަޒީފާއިން ވަކިކުރި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ޑެޕިއުޓީ ކޮމިޝަނަރގެ މަގާމުގައި ހުންނެވި މަހުމޫދު ރިޔާޒު އަލުން މަގާމަށް އައްޔަންކުރަން ލަފާ އެރުވުމަށް އެ ކޮމިޓީން ނިންމައިފިއެވެ. 

ކޮމިޓީގެ މި ނިންމުމަކީ ފާއިތުވި ބުރާސްފަތިދުވަހު ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގައެވެ. މިރޭ ބޭއްވި އެ ކޮމިޓީގެ ކުއްލި ބައްދަލުވުމެއްގަައި އެ ނިންމުން ނޫސްް ބަޔާނެއްގެ ގޮތުގައި އާއްމުކުރަން ނިންމާފައިވެއެވެ. އެ ބަޔާން މިރޭ ކޮމިޓީގެ ބައްދަލުވުމުގައި އިއްވާފައިވެއެވެ. 

މަހުމޫދު ރިޔާޒާއި ކަސްޓަމްސްގެ އިތުރު ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލެއް ވަކިކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމެވީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން، ހޯކްސް ޕްރައިވެޓް ލިމިޓެޑުގެ ބޯޓެއްގައި ސިގިރެޓު އެތެރެކުރި މައްސަލައަކާއި ބޮންޑެޑް ވެއާހައުސްއެއްގައި ހުރި ސިގިރެޓުތަކެއް ގެއްލުނު މައްސަލަ ތަހުގީގުކުރުމަށްފަހު، އެމަނިކުފާނަށް ފޮނުވި ސިޓީއަކާ ގުޅިގެންނެވެ. 

މި މައްސަލަތަކުގައި ނެރުނު ނޫސް ބަޔާނުގައި އެ ކޮމިޓީން ބުނެފައިވަނީ އެ މައްސަލަ އިތުރަށް ދިރާސާކުރި ކުރުމުން އެ މައްސަލަތަކުގައި މަހުމޫދު ރިޔާޒުގެ ޝާމިލުވުމެއް ބައިވެރިވުމެއް އޮތްކަމުގައި ނުބެލެވޭ ކަމަށެވެ. އަދި އޭނާގެ ބައިވެރިވުމެއް މިއިން އެއްވެސް މައްސަލައެއްގައި ޝާމިލުވުމެއް ނެތް ކަމުގައި ބެލެވޭތީ އޭނާގެ މަގާމު އަލުން އިއާދަކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަރިހުގައި ދެންނެވުމަށް ނިންމާފައިވާ ކަމަށެވެ. 

މި ބަޔާން ނެރުމާއެކު ބެލެވޭ ގޮތުގައި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ނިންމުން މިހާރު ރައީސްގެ އަރިހަށް މަޖިލީހުގެ އިދާރާ މެދުވެރިކޮށްވާނީ ފޮނުވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު