ENGLISH

09 ނޮވެމްބަރު 2025

Advertisement

ރަަނގަޅު އާދަތަކަށް އަހުލުވެރިވުމަކީ ދުޅަހެޔޮ ދިރިއުޅުމެއްގެ ތަޅުދަނޑި: ފަސްޓް ލޭޑީ

08 ނޮވެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓްލޭޑީ ސާޖިދާ މުޙައްމަަދު، ފޮޓޯ: ރައީސް އޮފީސް

ރަނގޅު އާދަތަައް ދަސްކޮށް އެފަދަ އާދަތަކަށް އަހުލުވެރިވުމަކީ ދުޅަހެޔޮ އުފާވެރި ދިރިއުޅުމެއްގެ ތަޅުދަނޑިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަަނބަލުން ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. 

ފަސްޓްލޭޑީ ސާޖިދާ މިފަދައިން ވިދާޅުވީ ''ދުޅަހެޔޮ ދިރިއުޅުން އުފާވެރި މުޖުތަމަޢު"ގެ ނަމުގައި ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ އާދަތަކާއި ދިރިއުޅުމުގެ ރަނގަޅު ވައްޓަފާޅިތަކާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށްގެންދާ ހާއްސަ ޕްރޮގުރާމު ފައްޓަވައިދެއްވަމުން ދެއްކެވި ވާހަކަފުޅުގައެވެ. 

ކ.ގުރައިދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެކަމަނާ ވިދާޅުވީ ގައިންގަޔަށް އަރާ ނުރައްކާތެރި ބަލިތަކާ ބެހޭ ގޮތުން މަޢުލޫމާތު ދޭއިރު، އެ ފަދަ އަމަލުތަކަށް މަގުފަހިވާ ގޮތަށް މުޖުތަމަޢުގައި ހުޅުވިފައިވާ ދޮރުތައް ބަންދުކުރަންޖެހޭ ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ހަރަކާތްތެރިކަމާއި ކަސްރަތުގެ މުހިންމުކަމުގެ މަޢުލޫމާތު ދޭއިރު، ދުވަހުގެ ތާވަލުން އެ ކަމަށް ވަގުތު ހުސްކުރެވެންޖެހޭ ކަމަށެވެ. 

ސާޖިދާ ވިދާޅުވި ގޮތުގައި ކެއިންބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅީގެ ރަނގަޅު އާދަތަކުގެ މައުލޫމާތު މީހުންނަށް ފޯރުކޮށްދޭއިރު، ކާބޯތަކެތި ވިއްކައި އެތަކެތި ފޯރުކޮށްދޭ ތަންތަނުގައި ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކޮށްދޭފަދަ ކާނާ ލިބެން ހުންނަންވާނެއެވެ. އަދި ގައިންގައަށް އަރާ ނުއްކާތެރި ބަލިތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދޭއިރު، އެފަ ބަލިތައް ފެތުރުމަށް މަގުފަހިވާ ގޮތަށް ހުޅުވިފައި ހުރި ދޮރުތައް ބަންދުކުރަންޖެހޭނެ ކަމުގައިވެސް ފަސްޓް ލޭޑީ ވިދާޅުވިއެވެ. 

އިތުރަށް އެކަމަނާ ވިދާޅުވީ ކެއިންބުއިމުގެ އާދަކާދަ ބައްޓަންކުރެވޭ ގޮތުން ސިއްހަތަށް ލިބޭ ގެއްލުންތަކާމެދު ހޭލުންތެރިކުރުމުގެ ގައުމީ ހަރަކާތެއް ކުރިއަށްގެންދިއުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމަށެވެ. އަދި އެފަދަ އާދަތައް ދަަސްކޮށް އެކަންކަމަށް އަހުލުވެރިވެ ހޭނުމަކީ ދުޅަހެޔޮ އުފާވެރި ދިރިއުޅުމެއްގެ ތަޅުދަނޑިކަމުގައި ސިފަކުރައްވައި، ސަލާމަަތް ސިއްހަތާ ދިރިއުޅުމުގެ ރަނގަޅު އާދަތަކަަށް އިސްލާމްދީން ބާރުއަޅުއްވާކަމަށް ސާޖިދާ ވިދާޅުވިއެވެ. 

ފުރިހަމަ މުސްލިމެއްގެ ދިރިއުޅުން ބިނާވެފައި އޮންނާނީ ހަރަކާތްތެރިކަމުގެ މައްޗަށްކަން ފާހަގަކުރައްވައި، މުސްލިމުންގެ މުރާލި ދިރިއުޅުމާއި ކެއިންބުއިމުގެ ހަރުދަނާ އާދަތަކުގެ ސަބަބުން ދިވެހި ޤައުމު ދުޅަހެޔޮ އުފާވެރި ޤައުމެއްގެ ގޮތުގައި ބޭއްވުމަށް ފަސޭހަވެގެންދާނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

އެކަމަނާގެ ވާހަކަފުޅު ނިންމަވައިލައްވަމުން، މުސްތަގުބަލުގެ ޖީލުތަކަށް ދުޅަހެޔޮ ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި މިއަދު މިފެށުނު ކެމްޕެއިނުގައި ހުރިހާ ރައްޔިތުންވެސް ބައިވެރިވެ ހިތާއި ރޫހުން އެ މަސައްކަތުގައި ޝާމިލުވެދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެދިވަޑައިގަތެވެ. 

ދުޅަހެޔޮ ދިރިއުޅުން ކެމްޕެއިނަކީ އާންމު ޞިއްޙަތު ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ދިރިއުޅުގެ އާދަތަކާއި ކެއިންބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ރާއްޖޭގައި އާންމުވަމުންދާ ބަލިތަކުން ރައްޔިތުން ދުރުހެލިކޮށް ރައްކާތެރިކުރުމަށް، ހޭލުންތެރިކުރުމުގެ މަޤްޞަދުގައި ހިންގޭ ކެމްޕޭނެކެވެ. "ދުޅަހެޔޮ ދިރިއުޅުން – އުފާވެރި މުޖުތަމަޢު" މި ޝިޢާރުގެ ދަށުން މި ކެމްޕެއިންގައި ކުޑަކުދިންނާ، ޒުވާނުންނާ، އަންހެނުންނާ އަދި ދޮށީ އުމުރުގެ މީހުންނަށް އަމާޒުކޮށް ދުޅަހެޔޮކަން ކުރިއަރުވާ އެކަމުގައި މަޝްހޫލުވެ، ދެމެހެއްޓެނިވި އާއްމު ޞިއްޙަތާ ގުޅޭ ހަރަކާތްތަކެއް ރާއްޖޭގެ ހުރިހާ ރަށެއްގައި ހިންގުމަށް ވަނީ ނިންމާފައެވެ.

މިކެމްޕެއިންގެ މަސައްކަތާއި ހަރަކާތްތަކުން އާއްމު ޞިއްޙަތު ކުރިއެރުވުމަށް އެންމެ ރަގަޅަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށާއި މަސައްކަތުގައި ދެމިހުރުމަށް ހިތްވަރު ދިނުމަށް 3 އެވޯޑެއް ވަނީ ތަޢާރަފްކޮށްފައެވެ. އެއީ ކެމްޕެއިންގެ ޝިޢާރުގެ ދަށުން، ރަށު އެވޯޑް، ސްކޫލު އެވޯޑް އަދި ޖަމިއްޔާ އެވޯޑެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޡިމް އިބްރާހީމާއި މިނިސްޓްރީގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މާފުށި ދާއިރާގެ މެމްބަރު އަދި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.

ކިޔުންތެރިންގެ ހިޔާލު