ENGLISH

08 ނޮވެމްބަރު 2025

Advertisement

ފަރެސްމާތޮޑާ ބޯޓެއް ފަރަކަށް އަރައިގެން ހަރަކާތްތެރިވަނީ، މީހަކަށް ގެއްލުމެއް ނުވޭ

08 ނޮވެމްބަރު 2025

|

ޢަލީ ޝަހީމް

ފަރަށް އެރި ބޯޓު. އޭގައި ތިބި 12 މީހުން ވަނީ ސަލާމަތުން ފެލިދޫއަށް ގެންގޮސްފަ. ފޮޓޯ: އެމްއެންޑީއެފް

މާލޭން ފުރައިގެން ގދ. ފަރެސްމާތޮޑާއަށް ދަތުރުކުރި ބޯޓެއް ފަރަކަށް އަރައިގެން ދިވެހި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ. 

ފުލުހުންގެ ޚިދުމަތުން އާއްމުކުރި މަޢުލޫމާތުގައި ބުނީ މާލެން ފުރި މުދާ އުފުލާ ބޯޓު އެރީ ވ. ފެލިދޫ ކައިރި ފަރަކަށް ކަމަށެވެ. ފަރަށް އެރީ ފަރެސްމާތޮޑާއަށް ދަތުރުކުރަމުންދިޔަ "ފަހިރޯޅި" ބޯޓެވެ. އެ މަޢުލޫމާތު ފުލުހުންނަށް ލިބުނީ ރޭ ފަތިހު 5:01 ހާއިރު ކަމަށް ފުލުހުން ބުނެފައިވެއެވެ. 

ބޯޓުގައި ޖުމްލަ 12 މީހުން ތިއްބެވެ. އޭގެތެރޭގައި ހިމެނެނީ ތިން ދިވެހިންނާއި ނުވަ ބިދޭސީންނެވެ. ދަތުރުވެރިންގެ ތެރޭގައި ބޯޓުގެ ވެރިފަރާތާއި ކެޕްޓަންގެ އިތުރުން ހަތަރު ފަޅުވެރިން ހިމެނޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފަރަށް އެރުމާއި ގުޅިގެން ބޯޓުގައި ތިބި ހުރިހާ ފަޅުވެރިން ސަލާމަތުން ފެލިދޫއަށް ގެންގޮސްފައިވާކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ. 

ފުލުހުން ބުނީ ބޯޓު ފަރަށް އެރީ ބޯޓުގެ މައްޔާ ފަޅައިގެން ގޮސްގެން ކަމަށެވެ. ބޯޓުގެ ބޮޑުބައި މިހާރު އޮތީ ކަނޑު އަޑީގައި ކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ. 

ފުލުހުންނާއި އެމްއެންޑީއެފުން މިހާރު އަންނަނީ ހާދިސާ ހިނގި ގޮތް އިތުރަށް ބަލަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު