ENGLISH
07 ނޮވެމްބަރު 2025
ރާއްޖޭގެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ވަދެ އުޅުނު ބޭރު ދެ ބޯޓު ކޯސްޓް ގާޑުގެ ބެލުމުގެ ދަށަށް
07 ނޮވެމްބަރު 2025
|
ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގައި ގާނޫނާ ޚިލާފަށް ހަރަކާތްތެރިވަމުން ދިޔަ ބޭރުގެ ދެ މަސް ބޯޓު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.
އެމްއެންޑީއެފް އިން ބުނީ ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ޚިލާފަށް ވަދެ އުޅުނީ ސްރީ ލަންކާގެ ދެ މަސް ބޯޓު ކަމަށެވެ.
މި ބޯޓުތައް ހިފަހައްޓާފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑުން ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ޕެޓްރޯލްކުރުމުގެ މަސައްކަތުގެ ތެރެއިންނެވެ. ލަންކާގެ މި ބޯޓުތައް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ނޮވެންބަރު 5 ވަނަ ދުވަހުގެ ރޭ ވ. ފޮއްތެޔޮމުލީގެ އިރުން 137 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ.
އެމްއެންޑީއެފް ކޯސްޓްގާޑުން މިހާރު ދަނީ މި ދެ ބޯޓު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.
ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ޚިލާފަށް ވަދެގެން އުޅުނު ބޭރުގެ ބޯޓެއް ވެސް އެމްއެންޑީއެފްގެ އެއާ ކޯގެ ޑްރޯން ބޭނުންކޮށްގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ ހުއްޓުވައިފަ އެވެ.