ENGLISH
03 ފެބްރުއަރީ 2026
ގެދޮރުވެރިކަމުގެ އާ ޒަމާނެއް؛ 13 ރަށެއްގައި 825 ހައުސިން ޔުނިޓު އަޅަން ހަވާލުކޮށްފި
06 ނޮވެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވާހަކަދައްކަވަނީ، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޯހިޔާވަހިކަން ގާއިމުކުރުމުގެ ގޮތުން އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން 825 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ހަވާލުކޮށްފިއެވެ.
ސަރުކާރުން އެކި ސަރަހައްދުގައި ހިންގާ ތަރައްގީގެ މުހިއްމު 206 މަޝްރޫއެއް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށް އެއްބަސްވުންތަކުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ސަރުކާރަށް ދެ އަހަރު ފުރެން ކުޑަ ދުވަސްކޮޅަކަށްވެފައިވާއިރު ސަރުކާރުން ނިންމާފައިވަނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމަށް ބޮޑު ސަމާލުކަމެއް ދިނުމަށް ކަމަށެވެ.
"މިއަދު ތަފާތު 13 ރަށެއްގައި 825 ހައުސިން ޔުނިޓު އެޅުމަށް ސޮއިކުރެވިގެންދިޔައީ. މި 825 ހައުސިން ޔުނިޓަކީވެސް އަޅުގަނޑު އެކި ފަހަރު މަތިން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ފެށޭ މަސައްކަތްތަކެއް،" ރައީސް ވިދާޅުވިއެވެ.
އަތޮޅު ތެރޭގައި ގިނަ އަދަދެއްގެ ހައުސިން ޔުނިޓުތަކުގެ މަސައްކަތް ކުންފުނިތަކާ ހަވާލުކުރެވުނުއިރު، މާލޭ ސަރަހައްދުގައި މިފަދަ ހައުސިން މަަޝްރޫއުތަކެއް ހިންގުމަށް ސަރުކާރުން ތައްޔާރުވަމުންދާކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.
"ވަރަށް އަވަހަށް މިފަދަ އެތައް މަޝްރޫއުތަކެއް މާލޭ ސަރަހައްދުގައިވެސް ފެށުމަށް އެދަނީ ތައްޔާރުވަމުން. ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކަންކަން ފުރިހަމަކުރެވި މަސައްކަތާ ހަމައަށް ދެވޭނެ،" ރައީސް ވިދާޅުވިއެވެ.
އަދި މި އަހަރު ތެރޭގައި ގެދޮރު ބިނާކުރުމުގެ ދާއިރާއިން އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ގިނަ މަޝްރޫއުތަކެއް ފެށިގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.