ENGLISH

03 ފެބްރުއަރީ 2026

Advertisement

ތާރީހީ ދުވަހެއް؛ 206 މަޝްރޫއެއް، 53 ކުންފުންޏަކާ ހަވާލުކޮށްފި

06 ނޮވެމްބަރު 2025

|

ޝިފްޒާން އަޙްމަދު

މިއަދު ބަައެއް މަޝްރޫއުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންފައިވާ ގޮތަށް ދިވެހި އަމިއްލަ ކުންފުނިތަކާ 206 މަޝްރޫއެއް ހަވާލުކޮށްފިއެވެ. މި މަޝްރޫއުތައް ހަވާލުކޮށްފައިވަަނީ 53 ކުންފުންޏަކާއެވެ. 

މިއަދު އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެކި ދާއިރާތަކުގެ މަޝްރޫއުތައް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފައިވެއެވެ. މި މަސައްކަތްތައް ހަވާލުކޮށްފަައިވަނީ ސަރުކާރުގެ ބަޖެޓުން ހަރަދުކުރަންނުޖެހޭ ގޮތަށް ކޮންޓްރެކްޓާ ފައިނޭންސް މޮޑެލްއަށް ކުރިއަށްގެންދާ ގޮތަށެވެ. 

މިއަދު މި މަޝްރޫއުތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މިއަދު މި މަޝްރޫއުތައް ހަވާލުކުރެވިގެންދިޔައީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ކުރި މަސައްކަަތްތަކުގެ ނަތީޖާއެއްގެ ގޮތުން ބޭންކިން ނިޒާމާއި އަމިއްލަ ވިޔަފާރިތަކުގެ ފުރިހަމަ އިތުބާރު ލިބުމުގެ ސަބަބުން ކަމަށެވެ. 

މިއަދު ހަވާލުކުރެވުނު މަަޝްރޫއުތަކުގެ ދާއިރާތައް؛ 

* ތައުލީމީ ދާއިރާގެ ތެރެއިން ސްކޫލުތަކަށް ޚާއްސަ 31 މަޝްރޫއު

* ސިއްހީ މަރުކަޒު ތަރައްގީކުރުމުގެ 30 މަޝްރޫއު

* ޕޮލިސް ސްޓޭޝަންތައް ތަރައްގީކުރުމުގެ 39 މަޝްރޫއު

* ތިމާވެށީގެ ދާއިރާގެ ތެރެއިން ވޭސްޓް މެނޭޖްމެންޓް ސެންޓަރުތައް އެޅުމަށް 24 މަޝްރޫއު

* މަސްވެރިކަމުގެ ދާއިރާގެ ދެ މަޝްރޫއު

* ކުޅިވަރުގެ ދާއިރާގެ 52 މަޝްރޫއު

* ބޯހިޔާވަހިކަމާއި އިންފްރާސްޓްރަކްޗާގެ 13 މަޝްރޫއު

* އިސްލާމީ ކަންކަމާ ގުޅުންހުރި 14 މަޝްރޫއު

* ޒުވާނުންނާ ގުޅޭ ދާއިރާއިން އެއް މަޝްރޫއު

މި މަޝްރޫއުތައް ހަވާލުކޮށްފައިވަނީ ބަރާބަރަށް ކުންފުނިތަކަށް ފައިސާ ލިބޭނެކަން ކަށަވަރުކުރެވޭނެ ނިޒާމެއްގެ ތެރެއިންކަމަށާއި، ކުންފުނިތަކާ ހަވާލުކުރެވޭ މަސައްކަތްތައް ބަރާބަރަށް ކުރިއަށްދާކަން މިނިސްޓްރީތަކުން ކަށަވަރުކޮށް މަަސައްކަތް ނިމޭ މިންވަރަކުން ފައިސާ ދޫކުރަމުންދާނެ ކަމުގައި ޒަަމީރު ވިދާޅުވިއެވެ. 

ޒަމީރު އިތުރަށް ވިދާޅުވެފައިވަނީ މި ހުރިހާ މަޝްރޫއުތައްވެސް ފަރުމާކޮށްފައިވަނީ ރައްޔިތުން ބޭނުންވާ ގޮތަށެވެ. އަދި މި މަޝްރޫއުތަކުގެ ތެރެއިން ދިވެހިންނަށް ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތުތައް ފަހިކުރެވި، މީހުންގެ ދިރިއުޅުމުގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުކުރެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

މިއަދާއި ފާއިތުވި ދުވަސްތަކުގައި ހަވާލުކުރި މަޝްރޫއުތަކާއެކު 216 މަޝްރޫއެއް އަމިއްލަ ކުންފުނިތަކާ ވަނީ ހަވާލުކުރެވިފައެވެ. އެއީ 123 ރަށެއްގައި ހިންގާ ތަފާތު މަޝްރޫއުތަކެވެ. މީގެ ތެރޭގައި 13 ރަށެއްގައި ހިންގާ 825 ހައުސިން ޔުނިޓުގެ މަސައްކަތް ހިމެނެއެވެ. 

ކިޔުންތެރިންގެ ހިޔާލު