ENGLISH

05 ނޮވެމްބަރު 2025

Advertisement

ރައީސް، ޝަންގްރީ-ލާ އަށް ޒިޔާރަތްކުރައްވާ މަސައްކަތް ބައްލަވާލައްވައިފި

05 ނޮވެމްބަރު 2025

|

އަޙުމަދު ޙަމީދު

ރައީސް، ޝަންގްރީ-ލާ އަށް ޒިޔާރަތް ކުރެއްވުން --

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, ޝަންގްރީ-ލާ ވިލިނގިލި ރިސޯޓަށް ޒިޔާރަތް ކުރައްވާ އެ ރިސޯޓް ހުޅުވުމަށް ކުރަމުން ގެންދަވާ މަސައްކަތްތައް ބައްލަވާލައްވައިފި އެވެ.

އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޝަންގްރީ-ލާއަށް ޒިޔާރަތް ކުރެެއްވީ މިއަދު ހަވީރު އެވެ. މި ދަތުރުފުޅުގައި ދެކުނުގައި ފަތުރުވެރިކަން ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ޝަންގްރީ-ލާ ރިސޯޓް ހުޅުވުމަށް ކުރަމުންދާ މަަސައްކަތް ރައީސް ވަނީ ބައްލަވާލައްވާފަ އެވެ.

ޝަންގްރީ-ލާ ވިލިނގިލި ރިސޯޓަކީ ދިވެހިރާއްޖޭގެ ދެކުނުގެ އައްޑޫ ސިޓީގައި އޮތް އެންމެ މުހިންމު އެއް ރިސޯޓެވެ. 

މި ރިސޯޓް އަލުން ހުޅުވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފަހުކޮޅުއެވެ. މި ރިސޯޓް ހުޅުވުމަށް ކުރެވޭ ތައްޔާރީތަކަކީ ދެކުނުގެ އިޤްތިޞާދަށާއި ވަޒީފާގެ ފުރުޞަތުތަކަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއް ކަމަށް ބެލެވެ އެވެ. އައްޑޫގެ އިގްތިސާދާ ގުޅިފައިވާ 500 އެނދުގެ ރިސޯޓް ބަންދުކުރީ ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު އެވެ. ޝަންގްރިލާ ބަންދުކުރިއިރު އެތަނުގައި 500 ވަރަަކަށް މީހުން ވަޒީފާ އަދާކުރަމުންދިޔައެވެ. 

ދިވެހިރާއްޖޭގައި އެއް ސަރަހައްދެއްގައި ވަޒީފާ ނެތް މީހުން ނިސްބަތުން އެންމެ ގިނަ އެއް ސިޓީއަކީ އައްޑޫ ސިޓީއެވެ. އައްޑޫ ސިޓީގައި ވަޒީފާ ނެތް ޒުވާނުން އިތުރުވާ އެއް ސަބަބަކީ އައްޑޫގައި އިގުތިސާދީ ފުރުސަތުތައް ފުޅާކުރެވިފައި ނެތުމެވެ. އައްޑޫގައި އުފެދިފައި ހުރި އިގުތިސާދީ މަދު ފުރުސަތުތައް ނެތިގެންދިއުމަކީ އިތުރަށް ވަޒީފާ މަދުވާނެ ކަމެކެވެ. 

އެހެންކަމުން، ޝަންްގްރިލާ ރިސޯޓު އަލުން ހުޅުވިގެންދިއުމަކީ ވަޒީފާގެ ފުރުސަތުތައް އިތުރުވާނެ ކަމެކެވެ. އެގޮތުން ރިސޯޓުން އުފެދޭ ވަޒީފާތަަކުގެ އިތުރަށް ރިސޯޓާ ގުޅިގެން އުފެދޭ އެކި އެހެނިހެން ވިޔަފާރިތަކުންވެސް ވަޒީފާގެ ފުރުސަތުތައް އައްޑޫއަށް ފަހިވާނެއެވެ. 

އޭގެ އިތުރަށް ޝަންގްރިލާ ފަދަ މަތީ ފަންތީގެ ރިސޯޓެއް އައްޑޫގައި އޮޕަރޭޓުކުރުމަކީ މިހާރު އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރާ އެއާލައިންތައް އިތުރުވެ، މިހާރުވެސް ދަތުރުކުރަމުންދާ އެއާއިލައިންގެ ފުލައިޓުތައް އިތުރުވާނެ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު