ENGLISH

05 ނޮވެމްބަރު 2025

Advertisement

ތާރީޚީ ދުވަހެެއް؛ ފުރަތަމަ އެއަރ ސްޓޭޝަން ހުޅުވައިފި

05 ނޮވެމްބަރު 2025

|

އަޙުމަދު ޙަމީދު

އެމްއެންޑީއެފް ގަން އެއަރ ސްޓޭޝަން ހުޅުވުން -- ފޮޓޯ: ރައީސް އޮފީސް

އެމްއެންޑީއެފް ގަން އެއަރ ސްޓޭޝަން ހުޅުވައި ދިވެހި އަސްކަރިއްޔާގެ ތާރީޚުގެ ޚާއްސަ ދުވަހަކަށް މިއަދު ވެއްޖެ އެވެ.

އައްޑޫ ސިޓީ ގަމުގައި އޮތް ރަސްމިއްޔާތެއްގައި އެމްއެންޑީއެފް ގަން އެއަރ ސްޓޭޝަން ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ. 

މި ސްޓޭޝަން ހުޅުވާފައިވާއިރު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެއަރ ކޯރގެ ފުރަތަމަ އެއަރ ސްޓޭޝަން ޤާއިމުކޮށް، ޚިދުމަތް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޤަރާރަކުން ނޮވެންބަރު ތިންވަނަ ދުވަހު ވަނީ ނިންމަވާފަ އެވެ.

މިއަދު އޮތް ރަސްމިއްޔާތުގައި ރައީސް ވިދާޅުވި ގޮތުގައި ގަން އެއަރ ސްޓޭޝަނާއެކު ހުޅުވިގެން ދިޔައީ މުހިންމު ސަފްހާއެކެވެ.

އަދި ވިދާޅުވީ ދިވެހި ސިފައިންގެ ޤާބިލްކަން އިތުރުކުރެއްވުމަށް އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެ ގޮތުން ދިވެހި ޤައުމުގެ މިނިވަންކަން ކަށަވަރުކޮށް ޔަޤީންކޮށްދިނުމުގައި އެމްއެންޑީއެފަށް ހުރިހާ ދާއިރާއަކުން ހުރިހާ މާނައެއްގައި ކަންކަން ފަހިކޮށްދެއްވުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށާ އަދި އެއީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ފަޚުރެއް ކަމަށެވެ.

އެމްއެންޑީއެފްގެ އެއަރ ކޯ އުފައްދަވާ ވަސީލަތްތައް ހޯއްދަވައިދެއްވާފައިވާ ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ގޮތަށް އުތުރާއި ދެކުނުގައި އެއަރ ސްޓޭޝަންތައް ޤާއިމު ކުރައްވާނެ ކަމަށެވެ. ދެކުނުގައި އެ ސްޓޭޝަން ހުޅުވިގެންދިޔައިރު އުތުރުގައި ށ އަތޮޅުގެ ފުނަދޫގައި ސްޓޭޝަން ހެދުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމުގައި ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު