ENGLISH
05 ނޮވެމްބަރު 2025
އައްޑޫގައި ނުރައްކާތެރި ހާދިސާއެއް؛ ދެވަނަ ފަންގިފިލާއިން ކުއްޖަކު ވެއްޓިއްޖެ
05 ނޮވެމްބަރު 2025
|
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް --
އައްޑޫސިިޓީ ހިތަދޫގައި ދެވަނަ ފަންގިފިލާއިން ކުއްޖަކު ވެއްޓި ވަރަށް ބޮޑަށް އަނިޔާވެއްޖެ އެވެ.
ދިވެހި ފުލުހުން ޚިދުމަތުން ބުނީ އައްޑޫ ސިޓީ ހިތަދޫ، ފްލެޓް ނަންބަރު 14 ގެ ދެވަނަ ފަންގިފިލާއިން ކުއްޖަކު ވެއްޓިފައިވާ ކަމަށާ އެކަމުގެ ރިޕޯޓް ލިބުނީ ރޭ 12:00 އެހާކަންހާއިރު ކަމަށެވެ.
ދެވަަނަ ފަންގިފިލާއިން ވެއްޓިފައި ވަނީ އުމުރުން 15 އަހަރުގެ އަންހެން ކުއްޖެކެވެ. އެ ކުއްޖާއަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގެ އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ.
އެ ހާދިސާއާ ގުޅިގެން ތަހުގީގެއް ވަނީ ފަށާފައިވާ ކަމަށް ވެސް ބުންޏެވެ.