ENGLISH

08 ނޮވެމްބަރު 2025

Advertisement

ގިރިފުށީ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ކުރިއަށްދަނީ

05 ނޮވެމްބަރު 2025

|

އާމިނަތު ނުޒްލާ

ގިރިފުށި ބިންހިއްކުމާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ކުރިއަށްދަނީ--ފޮޓޯ: އެމްޓިސީސީ

ކ. ގިރިފުށީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މަޝްރޫއަށް ބޭނުންވާ، ބޮޑުހިލައިގެ ފުތަރަމަ ޝިޕްމެންޓް މިހާރު ސައިޓަށް ފޮނުވާފައިވާ ކަމަށެވެ. މިހާރު ކުރިއަށް ދަނީ ވެލި ބަސްތާތައް ޖެހުމަށް ވާން ޖެހޭ ތައްޔާރީތައް ވުމުގެ މަސައްކަތް ކަމަށެވެ.

ސިފައިން ތަމްރީނު ހަދާ ގިރިފުށީގެ މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 8.3 މިލިއަން ރުފިޔާއަށެވެ.

ޤައުމީ ދިފާޢީ ބާރުގެ ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ގިރިފުށީގެ ބިން ބޮޑުކުރުމަށް، އިތުރު 13 ހެކްޓަރުގެ ބިން ހިއްކަން ނިންމާފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއުލާންކުރެއްވީ މިދިޔަ އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގިރިފުށީ ބިން ހިއްކުމުގެ މަޝްރޫއާއެކު އެރަށުގައި ބޭނުންވާ ވަޞީލަތްތައް ޤާޢިމްކުރުމަށް ބޭނުންވާ ޖާގަ ލިބޭނެއެވެ. މިކަމުގެ ސަބަބުން ސިފައިންގެ ޚިދުމަތް އިތުރަށް ހަރުދަނާވެ، ޤައުމީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެހީތެރިވެދޭނެއެވެ.

މީގެ އިތުރުން ސަރުކާރުން ފަށާފައިވާ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމަށް ކުދިން ތަމްރީނުކުރާނެ ޖާގައާއި ވަސީލަތްތައް ވެސް ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު