ENGLISH

05 ނޮވެމްބަރު 2025

Advertisement

ވިހިހާސް މުވައްޒިފުންގެ މުސާރަ ބޮޑުވެއްޖެ، އެންމެ ކުޑަ އަސާސީ މުސާރައަކީ 7،000: ރައީސް

04 ނޮވެމްބަރު 2025

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ --

މި މަހުން ފެށިގެން ދައުލަތުގެ ގިނަ އަދަދެއްގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދެއްވައިފައިވާކަން ފާހަގަ ކުރައްވާ އެކަމުގެ ބައެއް ތަފްސީލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ހާމަކުރައްވައިފި އެވެ.

އެމަނިކުފާނު އެ މައުލޫމާތުތައް ހާމަކުރެއްވީ ފުވައްމުލަކު ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް މިރޭ ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ބަދަލާއެކު ހުރިހާ މުވައްޒިފުންގެ އަސާސީ މުސާރައަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި އެއްވެސް މުވައްޒިފެއްގެ މުސާރަ ކުޑަނުވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މުސާރައަށް ގެނައި ބަދަލުގެ ތަފްސީލު ބައެއް މުވައްޒިފުންނަށް މުޅިން ސާފުނުވެ އޮޅުން އަރާފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިހާރު ގެނެސްފައިވާ ބަދަލާއެކު އެންމެ ކުޑަކޮށް އަސާސީ މުސާރަ ކަނޑައެޅިފައިވާ މުވައްޒިފުންނަށް ވެސް 7,000 ރުފިޔާއަށް ވުރެ ބޮޑު އަސާސީ މުސާރައެއް ލިބިގެންދާނެ އެވެ.

އަދި މުސާރައަށް އައި ހެޔޮ ބަދަލާއެކު ހުރިހާ މުވައްޒިފުންގެ ޕެންޝަން ފަންޑަށް ވެސް ހެޔޮ ބަދަލެއް އަންނާނެ ކަމަށާ ރިޔަޓާކުރާއިރު ރައްކާކުރެވޭ ފައިސާގެ މިންވަރު އިތުރުވާނެ ކަމަށެވެ.

"މުސާރައަށް ގެނެވުނު ބަދަލާއި ގުޅިގެން މުވައްޒިފުންގެ އާމްދަނީ އިތުރުވެގެންދާނެ. އޭގެ ސަބަބުން ދިިރިއުޅުމުގެ ފެންވަރު މަތިވުމުގެ އިތުރަށް މުވައްޒިފުންނަށް ފަހަށް ރައްކާކުރަން ލިބޭ އެއްޗެއް އިތުރުކުރުން މަޤްސަދަކީ," ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންނާއި ސިވިލް ސަރވިސް އަދި ޖުޑީޝަރީ ހިމެނޭގޮތަށް 20 ހާސް މުވައްޒަފުންގެ މުސާރަ ވަނީ ބޮޑުކޮށްފަ އެވެ.

ޕޭ ހާމަނައިޒްކުރުމަށް ފަށާފައިވާ މަސައްކަތަކީ ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި ހުރި އުޖޫރައިގެ ފަރަގު ނައްތާލައި އެއްހަމަކުރުމާއެކު، ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ޒަމާނާއެކު އައިސްފަައިވާ ބަދަލުތަކާ އެއްހަމަވާނެ ގޮތަށް ބަދަލުކުރުމަށް ފަށާފައިވާ މަސައްކަތެކެވެ. 

މި މަސައްކަތުގެ ތެރެއިން ޑޮކްޓަރުންނާއި ނަރުހުން ހިމެނޭހެން ސިއްހީ ދާއިރާގެ ހިދުމަތްތެރިންނާއި، ޓީޗަރުންނާއި، ފުލުހުންނާއި ސިފައިންގެ މުސާރަތަކަށް ބަދަލު ގެެސް ބޮޑުކޮށްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު