ENGLISH
10 އޭޕްރީލު 2025
އަމޯރިމްގެ ކޯޗުކަމުގައި ޔުނައިޓެޑުން ފުރަތަމަ މޮޅު ހޯދައިފި
29 ނޮވެމްބަރު 2024
|
ޔޫރޮޕާ ލީގުގައި ބޯޑޯ / ގްލިމްޓް 3-2 އިން ބަލިކޮށް، މެންޗެސްޓާ ޔުނައިޓެޑުން އާ ކޯޗު ރުބެން އަމޮރިމްއާ އެކު ފުރަތަަމަ މޮޅު ރޭ ހޯދައިފިއެވެ.
އެރިކް ޓެކްހާގްގެ ނާކާމިޔާބަށް ފަހު ޔުނައިޓެޑްގެ ކޯޗުކަމާއި އަމޯރިމް ހަވާލުވެ އެންމެ ފުރަތަމަ ތަޖުރިބާ ކުރި މެޗަކީ އިނގިރޭސި ޕްރިމިއާ ލީގުގައި އިޕްސްވިޗް ޓައުންއާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗެވެ. އެ މެޗު ވަނީ 1-1 ގެ ނަތީޖާ އިން އެއްވަރުވެފައެވެ.
ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު ރޭ ކުޅުނު މެޗު ފަށައިގެން ފުރަތަމަ މިނިޓްގައި ޔުނައިޓެޑުން ލީޑު ނެގި އެވެ. މި ލަނޑު ޖެހީ އަލެހަންދްރޯ ގާނާޗޯ އެވެ. އެކަމަކު، ހަތަރު މިނިޓް ތެރޭ ދެ ގޯލު ޖަހައި، ބޯޑޯ އިން ވަނީ ނަތީޖާ އަނބުރާލައިފަ އެެވެ.
ޔުނައިޓެޑުން ވަނީ އަނެއްކާވެސް ނަތީޖާ އަނބުރާލައި މެޗުން މޮޅުވެފަ އެވެ. ޔުނައިޓެޑްގެ ދެ ލަނޑު ޖެހީ ރަސްމުސް ހޮއިލުންޑް އެެެވެ.
މި ފަހަރުގެ ޔޫރޮޕާ ލީގުގައި ޔުނައިޓެޑުން ކުޅުނު ފުރަތަމަ ތިން މެޗުން ވަނީ އެއްވަރުވެފަ އެވެ. ދެން ކުޅުނު ދެ މެޗުން ޔުނައިޓެޑް ވަނީ މޮޅުވެ، ފަސް މެޗުން ނުވަ ޕޮއިންޓް ހޯދައި 12 ވަނަ އަށް ޖެހިލައިފަ އެވެ.