ENGLISH

11 އޭޕްރީލު 2025

Advertisement

ފީފާ ބެސްޓް އެވޯޑްސް ނޮމިނީސް ތެރޭގައި މެސީ ހިމެނިއްޖެ

29 ނޮވެމްބަރު 2024

|

އެމްއެމް ނިއުސް ޓީމް

އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ.

ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާ އިން ދޭ ބެސްޓް އެވޯޑްސް ނޮމިނީސްގެ ތެރޭގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ހިމެނިއްޖެއެވެ.

އެންމެ ފަހުން ވެސް ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ މި އެވޯޑް ހޯދި ލިއޮނަލް މެސީ ހިމެނޭ ގޮތަށް ފީފާ އިން ނޮމިނީސް ލިސްޓު އިއުލާނުކޮށްފައިވާއިރު، މެސީއާ އެންމެ ވާދަވެރި ޕޯޗުގަލް އާއި އަލް ނަޞްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ހިމެނިފައެއް ނުވެއެވެ.

މި އަހަރުގެ ނޮމިނީސްގައި މެސީ ހިމެނުނުއިރު، އޭނާ ވަނީ، 2019، 2022 އަދި 2023 ވަނަ އަހަރު ފީފާގެ ބެސްޓް އެވޯޑްސް ހާސިލްކޮށްފަ އެވެ.

ފީފާ އިން ރޭ އިއުލާނުކުރި މި ފަހަރުގެ ބެސްޓް އެވޯޑްސްގެ ނޮމިނީސް ތެރޭގައި މެސީގެ އިތުރުން ހިމެނެނީ، ފްރާންސް ފުޓްބޯލް މެގަޒިން އިން ދޭ ބެލޮންޑިއޯ އެވޯޑް ހާސިލްކުރި މެންޗެސްޓާ ސިޓީގެ ރޮޑްރީ، ރެއާލް މެޑްރިޑްގެ ވިނީޝިއުސް ޖޫނިއާ، ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް، ފެޑެރީކޯ ވަލްވޭޑޭ، ޓޯނީ ކްރޫސް އަދި ޑެނީ ކާވަހާލް އާއި މެންޗެސްޓާ ސިޓީގެ އާލިން ބްރައުޓް ހާލަންޑް އިތުރުން ބަޔާ ލެވަކޫސަންގެ ފްލޯރިއަން ވާޓްޒް އެވެ.

ފީފާ އެވޯޑްތަކަށް ސަޕޯޓަރުންގެ ވޯޓަށް މިހާރު ހުޅުވާލައިފައިވާއިރު، އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ފީފާ ވެބްސައިޓް މެދުވެރިކޮށް ވޯޓު ލެވޭނެ އެވެ.

ފީފާގެ އެންމެ މޮޅު ކޯޗުގެ މަގާމަށް ވާދަކުރަނީ، މެންޗެސްޓާ ސިޓީގެ ޕެޕް ގާޑިއޯލާ، ރެއާލް މެޑްރިޑްގެ ކާލޯ އަންޗެލޮޓީ، ބަޔާ ލެވަކޫސަންގެ ޒަބީ އަލޮންސޯ، އާޖެންޓީނާގެ ލިއޮނަލް ސްކަލޯނީ އަދި ސްޕެއިންގެ ލުއިސް ޑެ ލަ ފުއެންޓޭ އެވެ.

ކިޔުންތެރިންގެ ހިޔާލު