ENGLISH

11 އޭޕްރީލު 2025

Advertisement

އިންޓަރ މިއާމީގެ ކޯޗަކަށް މަޝެރާނޯ ހަމަޖައްސައިފި

29 ނޮވެމްބަރު 2024

|

އެމްއެމް ނިއުސް ޓީމް

މިއާމީގެ އާ ކޯޗު ހާވިއާ މަޝެރާނޯ


ލިއޮނަލް މެސީގެ ކެޕްޓަންކަމުގައި ކުޅެމުން އަންނަ އެމެރިކާގެ އިންޓަ މިއާމީގެ ކޯޗަކަށް އާޖެންޓީނާގެ ހާވިއޭ މަޝެރާނޯ ހަމަޖައްސައިފި އެވެ.

އިންޓަ މިއާމީގައި އެންމެ ފަހުން ހުރީ އާޖެންޓީނާގެ ކޯޗު، ޖެރާޑޯ މާޓީނޯއެވެ. މޭޖަ ލީގު ސޮކާ (އެމްއެލްއެސް)ގެ މި ސީޒަނަށް ފަހު އޭނާ ވަނީ އިންޓަ މިއާމީގެ ކޯޗުގެ މަޤާމުން ވަކިވެފައެވެ.

މަޝެރާނޯ އަށް އިންޓަ މިއާމީގެ ކޯޗުކަން ދީފައިވަނީ، 2027 ވަނަ އަހަރުގެ އެމްއެލްއެސް ސީޒަނުގެ ނިޔަލަށެވެ.

މަޝެރާނޯގެ ކޯޗިން ކެރިއަރު ފެށީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު އާޖެންޓީނާގެ 20 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމުންވެ. 

މަޝެރާނޯ ވަނީ ކްލަބް ލެވަލްގައި ޔޫރަޕްގެ މަޝްޙޫރު ބޮޑެތި ކުލަބުތަކަށް ކުޅެފައެވެ. އެގޮތުން ލިވަޕޫލާއި ބާސެލޯނާގައި އޭނާ ވަނީ ކާމިޔާބު އަހަރުތަކެއް ހޭދަކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު