ENGLISH

10 އޭޕްރީލު 2025

Advertisement

ލެސްޓާ ސިޓީގެ ކޯޗަކަށް ވެން ނިސްޓެލްރޫއީ ހަމަޖައްސައިފި

29 ނޮވެމްބަރު 2024

|

އެމްއެމް ނިއުސް ޓީމް

ލެސްޓާ ސިޓީގެ އާ ކޯޗު ނިސްޓެލްރޫއީ

ޕްރިމިއާ ލީގުގެ ލެސްޓާ ސިޓީގެ ކޯޗުގެ މަގާމަށް މެންޗެސްޓަރ ޔުނައިޓެޑުގެ ލެޖެންޑު، ރޫޑް ވެން ނިސްޓެލްރޫއީ ހަމަޖައްސައިފިއެވެ.

ލެސްޓާގެ ކޯޗުކަމުގެ މަގާމަށް ނިސްޓެލްރޫއީ އައްޔަން ކުރުމުގެ ހުރިހާ ކަމެއް މިހާރު ހަމަޖެހިފައިވާ ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނި ނަމަވެސް އެކަމަކު ރަސްމީކޮށް އެކަން އަދި ކްލަބުން ހާމަކޮށްފައެއް ނުވެއެވެ.

އުމުރުން 48 އަހަރުގެ ނިސްޓެލްރޫއީ، ލެސްޓާގެ ހެޑް ކޯޗުކަމުގެ މަގާމަށް އައްޔަން ކުރަން ނިންމީ، ޔުނައިޓެޑުން އޭނާ ވަކިވިތާ ދެ ހަފްތާ ވެސް ނުވަނީހެވެ.

ޔުނައިޓެޑުގެ ކުރީގެ ކޯޗު ޓެން ހާގުގެ އެސިސްޓެންޓަކަށް ހުރި ނިސްޓެލްރޫއީ ވަނީ ޓެން ހޭގު ވަކިކުރުމުން ޔުނައިޓެޑުގެ ވަގުތީ ހެޑް ކޯޗުކަން ހަތަރު މެޗުގައި ކޮށްފައެވެ. އެ ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ޔުނައިޓެޑު މޮޅުވިއިރު، އަނެއް މެޗުންވީ އެއްވަރެވެ.

ކުރިން ޕީއެސްވީއަށް ކޯޗުކަން ކޮށްދިނުމަށްފަ ހު ޔުނައިޓެޑްގެ އެސިސްޓެންޓް ކޯޗުކަމާ އޭނާ ހަވާލުވީ މި ސީޒަނުގައެވެ.

ނިސްޓެލްރޫއީ އަކީ ކުރިން ޔުނައިޓެޑަށް ކުޅުނު ލެޖެންޑަރީ ފޯވަޑެކެވެ. އެގޮތުން އޭނާ ވަނީ 2001 ވަނަ އަހަރުން 2006 ވަނަ އަހަރާ ހަމައަށް ޔުނައިޓެޑަށް ކުޅެފައެވެ.

ކިޔުންތެރިންގެ ހިޔާލު