ENGLISH

11 އޭޕްރީލު 2025

Advertisement

ރެއާލް އަދިވެސް އެންމެ ހަނދާންވާ ކުޅުންތެރިއަކީ ރޮނާލްޑޯ: ޕެރޭޒް

28 ނޮވެމްބަރު 2024

|

އެމް އެމް

ޕެރޭޒް, ރޮނާލްޑޯއާ އެކު - ފޮޓޯ: ގޫގުލް

ސްޕެއިންގެ ގަދަ ބާރު ރެއާލް މެޑްރިޑަކީ ޔޫރަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމެވެ. ރެއާލް އަކީ މީގެ ކުރިން ދުނިޔޭގެ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ވެސް ކުޅެފައިވާ ވަރަށް ތާރީޚީ ޓީމެއް ވެސް މެއެވެ.

ރެއާލްގެ ތާރީޚުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިއަކީ ޕޯޗުގަލް ތަރި ކްރިސްްޓިއާނޯ ރޮނާލްޑޯ އެވެ. ރެއާލް އާއި އެކު ގިނަ ކާމިޔާބީތަކެއް ވެސް ހޯދާފައިވާ ރޮނާލްޑޯ އަކީ އަދިވެސް ރެއާލް އަށް އެންމެ މުހިންމުވާ ކުޅުންތެރިއާއެވެ.

ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވެސް ވަނީ ދާދިފަހުން ރޮނާލްޑޯއާ ގުޅުވައި މީޑިއާގައި ވާހަކަ ދައްކައިފައެވެ. އެގޮތުން ރޮނާލްޑޯ އާއި ގުޅޭ ގޮތުން ސްޕެއިންގެ މީޑިއާތަކާ ވާހަކަ ދައްކަމުން ޕެރޭޒް ބުނީ ރެއާލް މެޑްރިޑަކީ ދުނިޔޭގައި މިހާތަނަށް އުފެދު އެންމެ މޮޅު ކުޅުންތެރިން ކުޅެފައިވާ ކުލަބު ކަމަށާއި އޭގެތެރެއިން އަދިވެސް ކުލަބަށް އެންމެ ޚާއްސަ އަދި އެންމެ ބޮޑަށް އެ ކުޅުންތެރިއެއްގެ މަތިން ހަނދާންވާ ކުޅުންތެރިޔަކީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކަމަށެވެ.

ރެއާލް އަކީ ދުނިޔޭގައި މިވަގުތު އޮތް އެންމެ ކާމިޔާބު ކުލަބުކަން ފާހަގަކޮށް ޕެރޭޒް ބުނީ ފަހަކަށް އައިސް ރެއާލްގެ ހާލަތާއި މެދު ކަންބޮޑުވާ ކަމަށާއި ނަމަަވެސް ރެއާލްއަށް ކުޅެމުން އައި ހުނަރުވެރި ގިނަ ކުޅުންތެރިން މިހާރު ކުލަބުގައި ނެތުމަކީ މައްސަލައެއް ކަމަށް ނުދެކޭ ކަމަށެވެ.

ޕެރޭޒް ބުނީ ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ މިހާތަނަށް ރެއާލް މެޑްރިޑް ދުއް އެންމެ ކާމިޔާބު އަދި އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި ރޮނާލްޑޯ ކުލަބު ދޫކޮށް ދިޔަ ފަހުން ކުލަބުގެ ހާލަތު ވަރަށް ބޮޑަށް ދައްވި ކަމަށެވެ. ނަމަވެސް ފަހުން ކުލަބުގެ ހާލަތު ރަނގަޅުވެ، ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށް އޭނާ ބުންޏެވެ.

ޕެރޭޒް ބުނީ ރޮނާލްޑޯ ކުލަބު ދޫކޮށް ދިޔަ ދުވަހަކީ އެންމެ ދެރަވި ދުވަސް ކަމަށާއި، އަދިވެސް ރޮނާލްޑޯ މަތިން ވަރަށް ހަނދާންވާ ކަމަށެވެ.

“ރެއާލް އަކީ ދުނިޔޭގައި މި ވަގުތު އޮތް އެންމެ ކާމިޔާބު ކުލަބް. އަދި ދުނިޔޭގެ އުފެދުނު އެންމެ މޮޅެތި ކުޅުންތެރިން ކުޅެފައިވާ ކުލަބު ވެސްމެ. ނަމަވެސް އަދިވެސް އެންމެ ހަނދާންވާ ކުޅުންތެރިޔަކީ ރޮނާލްޑޯ،" ޕެރޭޒް ބުންޏެވެ.

ރޮނާލްޑޯ ރެއާލް ދޫކޮށް ދިޔައީ 2018 ވަނަ އަހަރިު އެވެ. ރެއާލް ދޫކޮށް އިޓަލީގެ ޔުވެންޓަސްއަށް ރޮނާލްޑޯ ބަދަލުވީ ރެއާލްގެ ރައީސް ޕެރޭޒް އާ ދެމެދު ޖެހުނު މައްސަލަތަކެއްގެ ސަބަބުން ކަމަށް މީޑިއާތަކުން އޭރު ވަނީ ޚަބަރު ފަތުރާފައެވެ.

ކިޔުންތެރިންގެ ހިޔާލު