ENGLISH

10 އޭޕްރީލު 2025

Advertisement

އެންމެ ފަހުގެ ޗެމްޕިއަން ރެއާލް ބަލިކޮށް، ލިވަޕޫލް އެއްވަނަ މަޤާމަށް

28 ނޮވެމްބަރު 2024

|

އެމް އެމް

ރެއާލް މެޑްރިޑާއި ލިވަޕޫލް ބައްދަލުކުރި މެޗް - ފޮޓޯ: ގޫގުލް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެ ރޭ ސްޕެއިންގެ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް، ތާވަލުގެ އެއްވަނައަށް ލިވަޕޫލުން ޖެހިލައިފިއެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗުގައި ގިނަ ވަގުގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެފައި ވަނީ ލިވަޕޫލް އިންނެވެ. ނަމަވެސް ދެ ޓީމުގެ ފަރާތުން ވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފު ނިންމާލީ ލަނޑެއް ނުޖެހިއެވެ.

ދެވަނަ ފާހުގެ ކުޅުން ފެށިތާ ހަތްވަނަ މިނިޓުގައި ލިވަޕޫލްގެ އާޖެންޓީނާ މިޑްފީލްޑަރ އެލެކްސިސް މެކަލިސްޓަރ ވަނީ ލަނޑެއް ކާމިޔާބުކޮށް ލިވަޕޫލް އަށް މެޗުގެ ލީޑު ނަގައިދީފައެވެ.

އޭގެ ނުވަ މިނިޓު ފަހުން ލިވަޕޫލްގެ އޭރިޔާ ތެރެއިން ލޫކަސް ވަޒްކޭޒް އަށް އެންޑީ ރޮބަޓްސަން ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ ރެއާލް މެޑްރިޑަށް ޕެނަލްޓީއެއް ވެސް ދީފަ އެވެ. ނަމަވެސް ކިލިއަން އެމްބާޕޭ ޖެހި މި ޕެނަލްޓީ ލިވަޕޫލްގެ ކީޕަރު ކެލެހާ ވަނީ ދިފާއުކޮށްފަ އެވެ. މި މެޗުގެ 70 ވަނަ މިނިޓުގައި ލިވަޕޫލްއަށް ވެސް ވަނީ ޕެނަލްޓީއެއް ލިބުނުއިރު، މިސްރުގެ ތަރި މުހައްމަދު ސަލާ ފޮނުވާލި މި ޕެނަލްޓީ ގޯލާ އަމާޒު ނުވެ ދިޔައީ ބޭރަށެވެ. ލިވަޕޫލް އިން މި މެޗުގައި ޖެހި ދެވަނަ ލަނޑު 76 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކޯޑީ ގެކްޕޯ އެވެ.

މި މޮޅާ އެކު ލިވަޕޫލަށް އޮތީ މިހާތަނަށް ކުޅުނު ފަސް މެޗުން ވެސް މޮޅުވެ، 15 ޕޮއިންޓާއެކު އެއްވަނަ މަގާމުގައެވެ. ދެވަނައިގައި އޮތް އިންޓަރ މިލާނަށް ފަސް މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ފަސް މެޗުން ލިބުނު ހަ ޕޮއިންޓާއެކު އެ ޓީމު އޮތީ ލީގުގެ 24 ވަނައިގަ އެވެ.

ކިޔުންތެރިންގެ ހިޔާލު