ENGLISH
15 އޮކްޓޯބަރު 2025
އޭއެފްސީ އޭޝިއަންކަޕް ކޮލިފިކޭޝަންގައި ރާއްޖެ އާއި ތަޖިކިސްތާން ބައްދަލުކުރި މެޗު ނައިބް ރައީސް ޝަރަފުވެރިކޮށްދެއްވައިފި
14 އޮކްޓޯބަރު 2025
|
އޭ.އެފް.ސީ އޭޝިއަންކަޕް ކޮލިފިކޭޝަންގައި ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމާއި ތަޖިކިސްތާނުގެ ޤައުމީ ފުޓްބޯޅަ ޓީމު މިއަދު ހަވީރު ބައްދަލުކުރި މެޗު ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ޙުސައިން މުޙައްމަދު ލަޠީފް، ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ގަލޮޅު ރަސްމީ ދަނޑަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުޚަބާ ދެންނެވީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަޙްމަދު ޠާރިޤެވެ.
އޭ.އެފް.ސީ އޭޝިއަންކަޕް ކޮލިފިކޭޝަންގައި ދިވެހިރާއްޖޭގެ ޤައުމީ ޓީމާއި ތަޖިކިސްތާނުގެ ޤައުމީ ޓީމު ބައްދަލުކުރި މި މެޗު ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ތަޖިކިސްތާނު ޓީމު މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުން މޮޅުވެ، 10 ޕޮއިންޓާއެކު އެ ޓީމު ވަނީ ކޮލިފައިން ގްރޫޕްގެ އެއްވަނައިގައެވެ.
މި މެޗަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ދިވެހި ޤައުމީ ފުޓްބޯޅަ ޓީމާއި ސަލާންކުރައްވައި، ޓީމުގެ ކުޅުންތެރިންނަށް ހިތްވަރުދެއްވިއެވެ.