ENGLISH
10 އޭޕްރީލު 2025
ހަނިމާދޫގައި ސީޕްލޭންގެ ޚިދުމަތް ފަށަނީ
26 ނޮވެމްބަރު 2024
|
ސީޕްލޭން ޓާމިނަލް / ފޮޓޯ: ޓްރެވެލްޓްރޭޑް.ކޮމް
ހަނިމާދޫ އެއާޕޯޓުގައި ސީޕްލޭންގެ ޚިދުމަތް އަވަސް މުސްތަގުބަލެއްގައި ފެށޭނެ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސިސް ކޮމިޓީއިން މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ، މުޖުތަބާ ލަތީފު ވިދާޅުވީ އަންނަ އަހަރު ފެބްރުވަރީ މަހު ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ނިމޭއިރު، ސީޕްލޭންގެ ޚިދުމަތް ވެސް ތަޢާރަފް ކުރެވިގެންދާނެ ކަމަށެވެ.
އެމްއޭސީއެލްގެ ސީއީއޯ އިބްރާހީމް ޝަރީފް މުޙައްމަދު (ކ)، އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޖުތަބާ ލަތީފް
"އެއީ އަސްލު ހަގީގަތުގަ ރާއްޖޭގެ އިންޓަނޭޝަނަލް އެއާޕޯޓެއް ފީޒަބަލް ވާނީ އެ ކައިރީ ހުރި (ޓޫރިސްޓް) އެނދު ތަކަކަށް އެކްސެސް (ވާސިލް) ވެގެން. އެހެންވީމަ 180 ކިލޯގެ ރޭޑިއަސްގަ ހަނިމާދޫއަށް ޖައްސާ މަތިންދާ ބޯޓުތަކުން އަންނަ ފަތުރުވެރިންނަށް މި ދެންނެވި ރޭޑިއަސްގެ ރިސޯޓުތަކަށް، ޕްރޮޕަޓީސްތަކަށް ދެވެންޏާ ފީސަބަލް ވާނެ،" މުޖުތަބާ ވިދާޅުވިއެވެ.
ހަނިމާދޫގައި އަލަށް ގާއިމުކުރެވުނު ރަންވޭ މި އަހަރުގެ ކުރީކޮޅު ވަނީ ބޭނުން ކުރަން ފަށާފައެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް ހިންގަނީ 136.6 މިލިއަން ޑޮލަރުގެ މަޝްރޫޢެކެވެ.