ENGLISH

10 އޭޕްރީލު 2025

Advertisement

ކާރު ޕާކުކުރުމަށް ވިނަރެސް ފްލެޓްތަކުން 154 ޖާގަ ދޫކުރަނީ

26 ނޮވެމްބަރު 2024

|

އާމިނަތު މައިހާ

ހުޅުމާލޭގައި ހަދާފައިވާ ވިނަރެސް ފްލެޓްތައް.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޤާއިމްކޮށްފައިވާ ވިނަރެސް ފްލެޓްތަކުން ކާރު ޕާކުކުރުމަށް 154 ޖާގަ ދޫކުރަން ނިންމާފައިވާ ކަމަށް އެޗްޑީސީއިން އިއުލާނުކޮށްފި އެވެ.

އެޗްޑީސީއިން ކުރި މި އިއުލާނުގައި ބުނީ އިމާރާތުގެ އެތެރެއިން 76 ޖާގައަކާއި، އިމާރާތުގެ ބޭރުން 78 ޖާގަ ދޫކުރަން ވަނީ ނިންމާފައިވާ ކަމަށެވެ. އަދި ޕާކިންގ ހުއްދަ ދޫކުރުމަށް ހަމަޖެހިފައި ވަނީ ވިނަރެސް އިމާރާތުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް އެކަނިކަމަށް ވެސް މި އިއުލާނުގައި ބުނެފައިވެ އެވެ.

ޕާކިންގ ޖާގައަށް ހުށަހެޅުމުގެ ޝަރުތުތައް:

- ވިނަރެސް މަޝްރޫއިން ފްލެޓްގަތުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވާ މައި-އެޕްލިކެންޓް ކަމުގައިވުން.

- ޑިސެމްބަރ 5 ވަނަ ދުވަހުގެ ކުރިއަށް ހެޗްޑީސީއަށް ދައްކަންޖެހޭ ފައިސާހުރެ، އެ ފައިސާ ނުދައްކައިހުރި  ފަރާތެއްކަމުގައި ނުވުން.

- ކޮންމެ ފަރާތަކަށް ވެސް ދޫކުރާނީ އެއް ޖާގަ.

- ޕާކިންގ ޖާގަ ދޫކުރެވޭނީ ހަމައެކަނި ފްލެޓްގަތުމުގެ އެއްބަސްވުމުގެ ދަށުން

އިމާރާތުގެ އެތެރޭގެ ޖާގަތަކުގެ ބީލަން ފެށޭ އެންމެ ކުޑަ އަގަކީ 650،000ރ. އެވެ. ޕާކިންގ ޖާގަ ގަންނަ ފަރާތަށް މި ޖާގައިގައި ކާރު ރަޖިސްޓަރީކުރުމުގެ ހުއްދަ ދޫކުރާނެއެވެ. އަދި ޖާގައިގެ ޖުމްލަ އަގު ދެއްކުމަށް 30 ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ.

އިމާރާތުގެ ބޭރުން ބީލަންފެށޭ އަގަކީ 2000ރ. އެވެ. އަދި ޕާކިންގ ޖާގަ ދޫކުރެވޭނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ. ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ތިން މަހުގެ ކުއްޔަށްވާ ފައިސާ ދައްކަން 7 ދުވަހުގެ މުއްދަތެއް ދޭނެ އެވެ. ޕާކިންގ ޖާގަ ދޫކުރާނީ ހަމައެކަނި ކާރު ޕާކު ކުރުމުގެ ބޭނުމަށް ކަަމަށާއި ޖާގަތަކުގައި ކާރު ރެޖިސްޓްރީ ކުރުމުގެ ހުއްދަ ނުދެވޭނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޕާކިންގ ޖާގަ ގަތުމަށް ނުވަތަ ކުއްޔަށް ހިފުމަށް އެދި ފޯމް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ އެ ކުންފުނީގެ އޮންލައިން ޕޯޓަަލް https://bids.hdc..mv މެދުވެރިކޮށެވެ. މި ފުރުސަތު ހުޅުވާލެވިފައި ވަނީ 5 ޑިސެމްބަރ 2024 ގެ ނިޔަލަށްށެވެ.

ކިޔުންތެރިންގެ ހިޔާލު