ENGLISH
25 ނޮވެމްބަރު 2024
އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިން 9.2 އިންސައްތަ އިތުރުވެއްޖެ
23 ނޮވެމްބަރު 2024
|
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން
އެންމެ މަޤްބޫލު
މި އަހަރުގެ މިހާތަނަށް ރާއްޖޭގެ ފަތުރުވެރިކަން 9.2 އިންސައްތަ ކުރިއަރާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މިނިސްޓްރީން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1,774,398 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 1,624,965 ފަތުރުވެރިންނާ އަޅާބަލާއިރު 9.2 އިންސައްތައިގެ ކުރިއެރުމެކެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މަހުގެ އެވްރެޖް ޑެއިލީ އެރައިވަލްސް އަކީ 5,477 އެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުތަކުގެ ތެރޭގައި ޗައިނާ، ރަޝިއާ، ޔޫކޭ، ޖަރުމަން އަދި އިޓަލީ ހިމެނެއެވެ. އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި ޗައިނާ އިން 246,596 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ރަޝިއާއިން 198,968 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.