ENGLISH
27 ޖުލައި 2025
މާޅޮހު ފަޅުގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވާ ދެ މީހަކު ފިހިއްޖެ
26 ޖުލައި 2025
|
އއ. މާޅޮސް
އއ. މާޅޮހު ފަޅުގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވާ ދެ މީހަކު ފިހިއްޖެ އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނި ގޮތުގައި މިރޭ 8:45 ހާއިރު ހިނގި ހާދިސާގައި ބިދޭސީ ދެ މީހަކު ފިހިފައިވާ ކަމަށެވެ. އެއްޗެއް ގޮވީ މާޅޮހު ފަޅުގައި އޮތް ދޯންޏެއްގައި ކަމަށް ވީނަމަވެސް އެއީ ކޮންއެއްޗެއް ކަމެއް ނުބުނެ އެވެ.
އެ ދެ މީހުންނަށް އެ ރަށު ހެލްތް ސެންޓަރުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި ބުނީ އިތުރު ފަރުވާ ދިނުމަށްޓަކާ މާލެއަށް ފޮނުވާލުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ތަހުޤީޤެއް ހިންގަމުންދާ ކަމަށްވެސް ބުންޏެވެ.