ENGLISH
18 މޭ 2025
އިންޓަރ ރިސޯޓް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލައިފި
12 މޭ 2025
|
މީގެކުރީން ބޭއްވި އުރީދޫ ނޭޝަން ގޭމިންގ މުބާރާތެއްގެ ތެރެއިން. --ފޮޓޯ: އުރީދޫ
އުރީދޫ ނޭޝަންގެ އިންޓަރ ރިސޯޓް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
ރިސޯޓް ސެކްޓަރ އަށް ހާއްސަކޮށްގެން އުރީދޫން ބޭއްވީ އީ-ސްޕޯޓްސް ގޭމިންގެ މި އަހަރުގެ މުބާރާތުގައި ވަނީ 10 ރިސޯޓަކުން 16 ޓީމު ބައިވެރިވެފައެވެ.
ރިސޯޓް މުވައްޒަފުންނަށް ހާއްސަކޮށްގެން ބޭއްވީ މި ފަހަރުގެ މުބާރާތުގައި އީ-ސްޕޯޓްސްގެ ދުނިޔޭގެ އެންމެ މަގުބޫލު ދެ މޮބައިލް ގޭމް ކަމަށްވާ، މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) އާއި ޕަބްޖީ މޮބައިލް ގޭމަށް ވަނީ ރިސޯޓްތަކުން ހޫނު ތަރުހީބެއް ލިބިފައެވެ.
މުބާރާތުގެ ނަތީޖާތައް. --ފޮޓޯ: އުރީދޫ
މުބާރާތުގެ ވަނަތަކަށް ހޮވުނު ފަރާތްތަކަށް ބަލާއިރު؛
މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ):
ޗެމްޕިއަން: ޖޯލި ބީންގް 2 – 5000ރ.
ދެވަނަ އިނާމު: ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް – 3000ރ.
ތިންވަނަ އިނާމު: ޖޯލި ބީންގް – 2000ރ.
ޕަބްޖީ މޮބައިލް:
ޗެމްޕިއަން: ހޮލިޑޭ އިން ކަނޑޫމާ މޯލްޑިވްސް – 5000ރ.
ދެވަނަ އިނާމު: ނިޔަމަ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް – 3000ރ
ތިންވަނަ އިނާމު: ސަމަރ އައިލަންޑް މޯލްޑިވްސް- 2000ރ
މި މުބާރާތް ބޭއްވިފައިވަނީ މުޅިން އޮންލައިންކޮށްނެވެ. މިގޮތަށް ރޭވިފައިވަނީ ރާއްޖޭގެ ކޮންމެ ހިސާބަކުން ބައިވެރިވާން ބޭނުންވިޔަސް އެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައެވެ.
މުބާރާތުގެ ނަތީޖާތައް. --ފޮޓޯ: އުރީދޫ
މި މުބާރާތާއެކު، ރިސޯޓް ކޮމިއުނިޓީތަކުގެ މެދުގައި ވާދަވެރި ގޭމިންގ އަށް ޝައުގުވެރިކަން އިތުރުވެ، އެކުވެރިކަމާއި ޓީމްވޯކް އަދި ޑިޖިޓަލް އެންގޭޖްމަންޓް އިތުރުކުރުމަކީ އުރީދޫގެ އަމާޒެކެވެ. މިފަދަ ގޭމިންގ މުބާރާތްތަކުގެ ޒަރިއްޔާއިން ރިސޯޓް މުވައްޒަފުން ޒަމާނުއްސުރެ މަސައްކަތްކުރަމުން އަންނަ ހޮސްޕިޓާލިޓީ މާހައުލުން ބޭރުން އެ މުވައްޒަފުންގެ ހުނަރާއި، އުފެއްދުންތެރިކަމާއި ކުޅިވަރުގެ ހުނަރު ދައްކުވައިދޭނެ ކަމަށް ވެސް އުރީދޫން ބުނެ އެވެ.
އުރީދޫ ނޭޝަންގެ މަގުސަދަކީ ރާއްޖޭގައި މިހާރު އުފެދިފައިވާ އީސްޕޯޓްސް ކޮމިއުނިޓީ ބާރުވެރިކޮށް، ވާދަވެރިކަމާއި އެކުވެރިކަމާއެކު ގޭމް ކުޅެ މި ދާއިރާގައި ކުރިއަށްދެވޭނެ މާހައުލެއް ގާއިމުކޮށްދިނުމެވެ.