ENGLISH

26 ނޮވެމްބަރު 2024

މި ދައުރު ނިމޭއިރު މަސް ރައްކާކުރާ ޖާގަ 25،000 ޓަނަށްވުރެ މަތީގައި ހުންނާނެ: ވަޒީރު

31 އޮކްޓޯބަރު 2024

|

ޝަރާ އަބްދުﷲ

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް މަޖިލީުގައި ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: މަޖިލިސް

ސަރުކާރުގެ މިފަސް އަހަރުތެރޭ ރާއްޖޭގައި މަސް ރައްކާކުރެވޭ ކެޕޭސިޓީ 25000 ޓަނަށް އިތުރު ކުރައްވާނެ ކަމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް ރައްޔިތުންގެ މަޖިލީހުގައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރާއްޖޭގައި ރައްކާކުރެވޭ މަހުގެ ކެޕޭސިޓީއާއި ގުޅޭގޮތުން މެމްބަރު ނާޒިލް ސުވާލު ކުރެއްވުމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި މިހާރު މަސް ރައްކާކުރެވޭ ކެޕޭސިޓީއަކީ 8500 ޓަނު ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަސް އަހަރު ފުރިހަމަވާއިރު ރާއްޖޭގައި މަސް ކިރުވޭ ކެޕޭސިޓީ 25000 އަށް ބަދަލުކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން މިއުޅެނީ އިރާދަކުރެއްވިއްޔާ 250 މިލިޔަން ރުފިޔާގެ މަސް ހުރެއްޖެކަމަށްވަންޏާ އެ މަސްވެސް ސްޓޯރ ކުރެވޭނެ ކެޕޭސިޓީ އިތުރުކުރުމަށް. ދިވެހިރާއްޖޭގެ ސްޓޯރެޖް ކެޕޭސިޓީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރު ނިމޭއިރު ހުންނާނީ 25000 ޓަނަށްވުރެ މަތީގައި،" ވަޒީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު