ENGLISH
12 އޭޕްރީލު 2025
ޓައިމްސް ކުލަބު އަތުން ޓީ-ރެކްސް ބަލިވެއްޖެ
04 އޭޕްރީލު 2025
|
ޓީ-ރެކްސްއާ ނޭޕާލްގެ ޓައިމްސް ކުލަބު ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ބާސްކެޓްބޯލް ފެޑެރޭޝަން އޮފް އިންޑިއާ
ސާބާ ކުލަބު ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޓީ-ރެކްސް ބާސްކެޓްބޯޅަ ކުލަބު ކުޅުނު ތިންވަނަ މެޗުން ބަލިވެއްޖެއެވެ.
މި މުބާރާތުގައި ޓީ-ރެކްސް ކުޅުނު ފުރަތަމަ މެޗުގައި ބޫޓާންގެ ތިމްޕޫ މެޖިކްސް އަތުން މޮޅުވިއިރު، ދެވަނަ މެޗުގައި ސްރީ ލަންކާގެ ކޮލަމްބޯ ބާސްކެޓްބޯޅަ ކުލަބު އަތުން ވަނީ ބަލިވެފައެވެ.
ޗެންނާއީގައި ހުންނަ ޖަވާހަރްލާލް ނެހްރޫ އިންޑޯ ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މެޗުގައި ނޭޕާލްގެ ޓައިމްސް ކުލަބު އަތުން ޓީ-ރެކްސް ބަލިވީ 67-59 އިންނެވެ.
މި މުބާރާތުގައި މިއަދު ކުޅުނު އަނެއް މެޗުގައި އިންޑިއާގެ ޓެމިލް ނާޑޫ ޓީމުން ވަނީ 110-54 އިން ކޮލަމްބޯ ބީސީ ބަލިކޮށްފައެވެ.
ސަރަހައްދީ ފަސް ގައުމެއްގެ ޗެމްޕިއަނުން ބައިވެރިވެފައިވާ މި މުބާރާތުގައި ވާދަކުރަނީ، ރާއްޖޭގެ ޓީ-ރެކްސް އާއި ލަންކާގެ ކޮލަމްބޯ ބީސީގެ އިތުރުން އިންޑިއާގެ ޓެމިލް ނާޑޫ ޓީމާއި، ބޫޓާންގެ ތިމްޕޫ މެޖިކްސް އާއި ނޭޕާލްގެ ޓައިމްސް ކުލަބެވެ.
މި މުބާރާތް ކުރިއަށްދާނީ މި އޭޕްރީލް މަހުގެ 2 އިން 7 ގެ ނިޔަލަށެވެ.
މުބާރާތުގައި ޓީ-ރެކްސް ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ އިންޑިއާގެ ޓެމިލް ނާޑޫ ޓީމާ އެވެ.