ENGLISH

10 އޭޕްރީލު 2025

Advertisement

ސާބާ މުބާރާތުގެ ދެވަނަ މެޗުން ޓީ-ރެކްސް ބަލިވެއްޖެ

04 އޭޕްރީލު 2025

|

މުޙައްމަދު އަދުހަމް

ޓީ-ރެކްސްއާ ކޮލަމްބޯ ބީސީ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ބާސްކެޓްބޯލް ފެޑެރޭޝަން އޮފް އިންޑިއާ

އިންޑިއާގައި މިހާރު ކުރިއަށްދާ ސާބާ ކުލަބު ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޓީ-ރެކްސް ބާސްކެޓްބޯޅަ ކުލަބު ކުޅުނު ދެވަނަ މެޗުން ބަލިވެއްޖެއެވެ.

ޓީ-ރެކްސް ބަލިވީ ސްރީ ލަންކާގެ ކޮލަމްބޯ ބާސްކެޓްބޯޅަ ކުލަބު އަތުންނެވެ.

ޗެންނާއީގައި ހުންނަ ޖަވާހަރްލާލް ނެހްރޫ އިންޑޯ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޓީ-ރެކްސް އަތުން ކޮލަމްބޯ ބީސީ މޮޅުވީ 79-74 އިންނެވެ.

މި މުބާރާތުގައި އިއްޔެ ކުޅުނު އަނެއް މެޗުގައި އިންޑިއާގެ ޓެމިލް ނާޑޫ ޓީމުން ވަނީ 107-41 އިން ބޫޓާންގެ ތިމްޕޫ މެޖިކްސް ބަލިކޮށްފައެވެ.

ސަރަހައްދީ ފަސް ގައުމެއްގެ ޗެމްޕިއަނުން ބައިވެރިވެފައިވާ މި މުބާރާތުގައި ވާދަކުރަނީ، ރާއްޖޭގެ ޓީ-ރެކްސް އާއި ލަންކާގެ ކޮލަމްބޯ ބީސީގެ އިތުރުން އިންޑިއާގެ ޓެމިލް ނާޑޫ ޓީމާއި، ބޫޓާންގެ ތިމްޕޫ މެޖިކްސް އާއި ނޭޕާލްގެ ޓައިމްސް ބާސްކެޓްބޯޅަ ކުލަބެވެ.

މި މުބާރާތް ކުރިއަށްދާނީ މި އޭޕްރީލް މަހުގެ 2 އިން 7 ގެ ނިޔަލަށެވެ.

މުބާރާތުގައި ޓީ-ރެކްސް ދެން ކުޅޭ މެޗުގައި މިއަދު ބައްދަލުކުރާނީ ނޭޕަލްގެ ޓައިމްސް ބީސީއާ އެވެ.

ކިޔުންތެރިންގެ ހިޔާލު