ENGLISH
23 ޖުލައި 2026
ބަނގުރާ ދަޅުތަކަކާއެކު ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި
23 ޖުލައި 2026
|
ބަނގުރާ ދަޅުތަކެއް ގެންގުޅުނު މައްސަލައިގައި ހައްޔަރު ކުރި މީހާ - ފޮޓޯ: ފުލުހުން
އެންމެ މަޤްބޫލު
ބަނގުރާ ބޭނުންކޮށް ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެއިން ޒުވާނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މާލެ ހމ.ހިޔާ 4-18-15 އަމާން އިބްރާހީމް (25އ) އެވެ.
ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ މިއަދު ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުން ހިންގި ހާއްސަ އޮޕަރޭޝަންގައެވެ.
ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ ވެމްކޯ ބުރިޖު ދަށުން އޭނާ ހައްޔަރުކޮށް، ބަލައިފާސްކުރިއިރު 24 ދަޅު ބަނގުރާ ފެނިފައިވާކަމަށެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.