ENGLISH

16 ޖުލައި 2026

Advertisement

ކުރެންދޫ ބަނދަރުގެ ޖެޓީގެ ޝަޓަރިންގ މަސައްކަތްތައް ކުރިއަށް

14 ޖުލައި 2026

|

އާމިނަތު ނުޒްލާ

ކުރެންދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން - ފޮޓޯ: އެމްޓީސީސީ

ޅ. ކުރެންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށްދަނީ ޖެޓީގެ ޝަޓަރިންގ މަސައްކަތްތަކާއި، ސައިޓް ތައްޔާރުކުރުމުގެ މަސައްކަތްތައް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

މި މަޝްރޫއުގެ ދަށުން 36363 ކިއުބިކް މީޓަރު ފުންކުރުމާއި، 63 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 415 މީޓަރުގެ ސަަރަހައްދެއްގައި ބޭރުތޮށި ލުމާއި 243 މީޓަރުގެ ދިގު ދެ މީޓަރުގެ ފުޅާ އާރްސީ ޖެޓީއެއް ހެދުމާއި 60 މީޓަރުގެ ދިގު ދެ މީޓަރުގެ ފުޅާ އާރްސީ ޖެޓީއެއް ހެދުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކުރެންދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން - ފޮޓޯ: އެމްޓީސީސީ

މި މަޝްރޫއަކީ 53 މިލިއަން ރުފިޔާއަށް 450 ދުވަސް ތެރޭގައި ނިންމާ ގޮތަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

މި މަޝްރޫޢު ނިމޭއިރު ކުރެންދޫެގެ ބަނދަރުގެ ދަތިކަމުގެ މައްސަލައަށް ހައްލެއް ލިބި، އެރަށަށް އަރައިފައިބާ މީހުންނަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު