ENGLISH
14 ޖުލައި 2026
މިލަންދޫ އައުޓްޑޯ ޖިމް ގާއިމުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް
13 ޖުލައި 2026
|
މިލަންދޫ އައުޓްޑޯ ޖިމްގެ މަސައްކަތް ކުރިއަށް---ފޮޓޯ:އެމްޓީސީސީ
އެންމެ މަޤްބޫލު
ށ. މިލަންދޫގައި އަޅަމުން އަންނަ އައުޓްޑޯ ޖިމްގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންްސްޕޯޓް އެންޑް ކޮންޓްރެކްޓިިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
މި މަސައްކަތުގެ ދަށުން މިހާރު ކުރަމުންދަނީ އައުޓްޑޯ ޖިމްގައި ކުލަލުމުގެ މަސައްކަތެވެ.
އެމްޓީސީސީން ބުނީ މަޝްރޫއުތަކުގެ މަސައްކަތް ފުރިހަމަކުރެވުމާއެކު އުމްރާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
ސަރުކާރުން އަންނަނީ ކޮންމެ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ގެނެސް، ޖިމްތައް ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ.
ވޭތުވެދިޔަ 44 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު ނިންމައިފައެވެ.
1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ މްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.