ENGLISH

05 ޖުލައި 2026

Advertisement

އާސަންދައިން ކަވަރުނުކުރާ ބޭހަކަށް ފައިސާ ނެގި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

05 ޖުލައި 2026

|

އައިމިނަތު ޝަފާ

ސްޓޭޓް ފާމާގެ ބޭސްފިހާރަ - ފޮޓޯ: ސްޓޭޓް ފާމާ

އާސަންދައިން ކަވަރުނުކުރާ ބޭހަކަށް ފައިސާ ނަގާފައިވާ ކަމަށް ބުނެ ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ވާހަކަތައް ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަން ލިމިޓެޑް (ސްޓޭޓްފާމާ)އިން ދޮގުކޮށްފިއެވެ.

ސްޓޭޓް ފާމާއިން ނެރުނު ބަޔާނެއްގައި ބުނީ އިއްޔެ ހެނދުނު ސްޓޭޓް ފާމާ ހެންވޭރު ފާމަސީން ކަސްޓަމަރަކަށް ބޭސް ދޫކޮށްފައިވާއިރު، އެ ބޭސްތަކުގެ ޖުމްލަ އަގަކީ -/2،977.15ރ. ކަމަށެވެ. 

މި ބޭހަކީ އާސަންދައިގެ ދަށުން ކަވަރުކުރާ ބޭހަކަށް ނުވާއިރު، ބޭސް ދޫކޮށްފައިވަނީ އިންޝުއަރެންސް ޕާޓްނާ ސްލިޕަށް ސްޓޭޓް ފާމާ ފާމަސީންކަމަށް ބަޔާނުގައި ބުންޏެވެ. މީސްމީޑިއާގައި ދައުރުވަމުންދާ ކުންފުނީގެ ލެޓާހެޑްގައިވާ ކޮޓޭޝަންގައި ބޭހުގެ އަގު 6،000 ރުފިޔާއަށްވުރެ މަތީގައި ހުރީ، ބޭހުގެ އެކި ބްރޭންޑްތައް ލިބެން ހުންނަ އަގުތައް ތަފާތުވުމާ ގުޅިގެންކަމަށައި ބޭހުގެ އެކި ބްރޭންޑްތަކުގެ އަގުތައް ތަފާތުވުމަކީ އެކަށީގެންވާކަމެއްކަމަށް އެކުންފުނިން ބުންޏެވެ. 

ސްޓޭޓްފާމާއިން ބުނީ އާސަންދަ ކަވަރު ނުކުރާ ބޭސްތަކަކީ، ގިނަ ފަހަރު ވިރަ މެދުވެރިކޮށް އަދި ގުޅިފައިވާ އެހެން އެޖެންސީތަކުގެ އެހީގައި ގެންނަ ބޭސް ކަމަށްވާއިރު، ކަސްޓަމަރުގެ އަތުން ފައިސާ ނަގާފައި އޮތްކަމަށް ދޭހަވާ މޭރުމުން ހަބަރުފެތުރުމަކީ ރަނގަޅުގޮތެއްނޫންކަމަށެވެ. 

މި މައްސަލައާ ގުޅިގެން ސްޓޭޓް ފާމާއިން ވަނީ ބޭސް ދޫކުރުމުގެ ކަންކަން ކުރިއަށްދަނީ ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ކަމުގެ ޔަގީންކަން އަރުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު