ENGLISH

02 ޖުލައި 2026

Advertisement

ޑިސްކައުންޓް އަގުތަކާއެކު ފިލިޕްސް ބްރޭންޑުގެ އޭސީ މިހާރު އެސްޓީއޯގައި

02 ޖުލައި 2026

|

އާމިނަތު ނުޒްލާ

ފިލިޕްސް ބްރޭންޑުގެ އޭސީ - ފޮޓޯ: އެސްޓީއޯ

ފިލިޕްސް ބްރޭންޑުގެ އެއަރ ކޮންޑިޝަނަރ (އޭސީ) އެސްޓީއޯ ޕީޕަލް ޗޮއިސް އިން ވިއްކަން ފަށައިފިއެވެ.

ފިލިޕްސް ސްޕްލިޓް ވޯލް-މައުންޓެޑް އޭސީ  ތައާރަފްކޮށްފައިވަނީ އެސްޓީއޯ ޕީޕަލް ޗޮއިސްގެ ފުރަތަމަ ފަންގިފާލާ ހުޅުވިގެންދިއުމާ އެކުއެވެ.

އެސްޓީއޯ އިން ބުނީ، ފިލިޕްސް ބްރޭންޑްގެ އޭސީ އަކީ އިތުބާރު ހިފޭ، އާއްމު ގެތަކަށާއި އޮފީސް މާހައުލު ތަކަށް އެކަޝޭނަ، ސްމަރޓް ކޫލިންގް ސިސްޓަމެއް ފޯރުކޮށްދޭ އުފެއްދުމެއް ކަމަށެވެ. އެގޮތުން ޗައިނާގައި އުފެއްދުމެއްކަމުގައިވާ ފިލިޕްސް އޭސީތަކަކީ ފެންވަރު ރަނގަޅު، ގިނަ ދުވަހު ގެންގުޅެވޭ އަދި އަވަހަށް ފިނިކޮށްދޭ ބޭނުން ކުރަން ފަސޭހަ އޭސީތަކެއް ކަމަށްވެސް އެސްޓީއޯއިން ބުނެފައިވެއެވެ.

އެސްޓީއޯ ޖެނެރަލް ޓްރޭޑިންގް އިން މި ބްރޭންޑުގެ އޭސީތައް ތައާރަފްކޮށް، އާޢްމުންނަށް ހާއްސަ ޕްރޯމަޝަނެއް މިހާރު ވަނީ ހުޅުވާލާފައެވެ. އެސްޓީއޯއިން މައުލޫމާތު ދިން ގޮތުގައި މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ހަފްތާގެ މުއްދަތަކަށެވެ. އެގޮތުން މި ޕްރޮމޯޝަންގައި ހާއްސަ ޑިސްކައުންޓް އަގުތަކެއްގައި ފިލިޕްސް ބެރޭންޑުގެ އޭސީތައް ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯ އިން އިތުރަށް ބުނީ، ފިލިޕްސް އޭސީތަކުގެ 9،000 ބީޓީޔޫ، 12،000 ބީޓީޔޫ، 18،000 ބީޓީޔޫ އަދި 24،000 ބީޓީޔޫގެ އޭސީ ތަކުން ޑިސްކައުންޓް ލިބޭނެކަމަށެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 28 ޖޫން 2026 އިން 11 ޖުލައި 2026 ގެ ނިޔަލަށެވެ.

ކިޔުންތެރިންގެ ހިޔާލު