ENGLISH
27 ޖޫން 2026
މާލޭގެ އިމާރާތަކުން ވެއްޓި ދެ މީހަކު ޒަޙަމްވެއްޖެ
27 ޖޫން 2026
|
އެންމެ މަޤްބޫލު
މާލޭގައި އިމާރާތަކުން ދެ މީހަކު ވެއްޓި އަނިޔާވެއްޖެއެވެ.
ފުލުހުން މިއަދު ބުނީ އެ ހާދިސާ ހިނގާފައިވަނީ މަޖީދީމަގުގައި ހުންނަ، ހަދަމުންދާ އިމާރާތަކުން ދެ މީހަކު ވެއްޓިގެން ކަމަށެވެ. އަދި މި ހާދިސާ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިއަދު މެންދުުރު 1:50 ހާއިރު ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި ރިޕޯޓު ލިބުމާއެކު ފުލުހުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ. މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި، މި ދެ މީހުން ވެއްޓިފައިވަނީ އެ އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާގައި އަނިޔާވި ދެ މީހުންނަށް ފަރުވާ ދިނުމަށްޓަކައި އައިޖީއެމްއެޗަށްވަނީ ގެންގޮސްފައެވެ. ނަމަވެސް އެމީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން ބުނީ އަނިޔާވެފައިވަނީ އުމުރުން 22 އަހަރުގެ ނޭޕާލް ފިރިހެނަކާއި 39 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށް ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުޤީގު ކުރަމުންނެވެ.